ހުއްދަ ނުހޯދައި މާލެ ސިޓީ ކައުންސިލްގައި ހިންގި ފަސް ވިޔަފާރިއެއް މޭޔަރު އާދަމް އާޒިމް ހުއްޓުވައިފިއެވެ.
މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ގަވައިދާ ހިލާފަށް ފަސް ވިޔަފާރިއެއް ހިންގާ ކަމަށާއި އެ ވިޔަފާރިތައް ހުއްޓުވާފައިވާ ކަމަށެވެ.
"މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ފަސް ވިޔަފާރިއެއް ކުރަމުން ދިޔައީ ހުއްދަ ނުހޯދައި. އަދި އެ ތަނުގައި ކެފޭއެއް ވެސް ހިންގަމުން އެބަދޭ،" މޭޔަރު އާޒިމް ވިދާޅުވި އެވެ.
އާޒިމް ވަނީ ގަވައިދާ ހިލަށްފަށް ކުރާ ކަމެއް ހުއްޓުވުމަކީ ކައުންސިލްގެ ވެސް ޒިންމާއެއް ކަން ފާހަގަކުރައްވައި އެތަންތަނުގައި ވިޔަފާރި ކުރަމުންދިޔަ ފަރާތްތަކަށް އެކަން ހުއްޓާލަން މިހާރު އަންގަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ވިޔަފާރިތައް މިހާރު ހުއްޓާލާފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު