މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގައި ބޭއްވި ޕާލަމަންޓްރީ އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރަން ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވީޑިއޯއެއް ނެރެފި އެވެ،

ޕާކިސްތާނުގައި ބޭއްވި އިންތިހާބުން އެންމެ ގިނަ ގޮނޑި ނަގާފައިވަނީ މިނިވަން މެމްބަރުންގެ ގޮތުގައި ނުކުތް އިމްރާން ހާންގެ ޕާޓީ، ޕީޓީއައިގެ މެމްބަރުން ނެވެ.

ޕީޓީއައިގެ ނަމުގައި އިންތިހާބުގައި ވާދަކުރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް މިނިވަން މެމްބަރުންގެ ގޮތުގައި އެ ޕާޓީގެ މެމްބަރުން ނުކުތުމުން ވެސް ގިނަ ގޮނޑި ކާމިޔާބު ކުރުމުން އިމްރާން ހާންގެ މަގުބޫލުކަމަށް ބަދަލެއް ނާންނަކަން ވަނީ ހާމަވެފަ އެވެ،

މިނިވަން މެމްބަރުން މިފަހަރު ވަނީ 95 ގޮނޑި ނަގައިފަ އެވެ. ނަމަވެސް އަދިވެސް ދާއިމީ ނަތީޖާއެއް ނުނެރެއެވެ.

ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އޭއައި މެދުވެރިކޮށް އިމްރާން ހާން ދެއްވި މެސެޖުގައި ވިދާޅުވީ ދެ އަހަރު ވަންދެން ހިންގި އަަނިޔާވެރިކަމާއެކުވެސް ޕީޓީއައިއިން ޕާލަމަންޓްގެ ތިން ބައިކުޅަ ދެ ބައި ނަގާފައިވާ ކަމަށެވެ.

"މިއީ އުފާފާޅުކޮށް ނަމާދުކޮށް އަދި ސަދަގާތް ދޭންވީ ވަގުތު." މިިދިޔަ އޮގަސްޓުން ފެށިގެން ޖަލުގައި ހުންނެވި އިމްރާން ހާންގެ ވީޑިއޯ މެސެޖުގައި ވިދާޅުވި އެވެ.

ހަމަ އެހެންމެ އެހާ ގިނަ ބަޔަކު ނުކުމެ މިނިވަން ކެންޑިޑޭޓުންނަށް ވޯޓު ދިނުމުން ސަޕޯޓަރުންނަށް އިމްރާން ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ.

އިމްރާން ހާން ލިއުމުން ވިދާޅުވެފައިވާ ވާހަކަތަކަށް އޭއައި މެދުވެރިކޮށް ވީޑިއޯ ހަދައިގެން މީގެ ކުރިން ވެސް ނެރެފައި ވެއެވެ. އަދި އެ ވީޑިއޯތައް އަސްލާ ވަރަށް ވެސް އެއްގޮތެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން