ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ވިސާ ޑެބިޓް ކާޑުތަކުން ޑޮލަރުން ކުރެވޭ މުއާމަލާތްތައް 250 ޑޮލަރުން 25 ޑޮލަރަށް ކުޑަކުރަން ނިންމައިފި އެވެ.

ކޮވިޑަށް ފަހު ބީއެމްއެޅް ކާޑުތަކުން ބޭރުފައިސާއިން މުއާމަލާތް ކުރެވޭ މިންވަރު ވަނީ މަހަކަށް ގިނަވެގެން 250 ޑޮލަރަށް ކުޑަކޮށްފައެވެ.

ނަމަވެސް ބޭންކުގެ އިތުބާރު ހިފޭ މަސްދަރުތަކަާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޭންކުން ނިންމާފައި ވަނީ ޑޮލަރު ލިމިޓް 25 ޑޮލަރަށް ކުޑަކުރުމަށެވެ.

އަދި އެ ނިންމުން ވަރަށް އަވަހަށް ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާކަން ވެސް ވަނީ އެނގިފަ އެވެ،

ނަމަވެސް އެ އަދަދަށް ޑޮލަރު ލިމިޓް ކުރަނީ ކިހާ މުއްދަތަކަށް ކަމެއް އަދި ނޭނގެ އެވެ.

އެކަމާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޑޮލަރުގެ ތާށިކަން އިންތިހާއަށް ކުރިމަތިވެފައިވާ އިރު ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު މި މަހުން ފެށިގެން ނެގޭ ގޮތަށް ކުރިން ނިންމާފައި އޮތް ނިންމުން ވެސް ތަންފީޒެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން