ނިއުޔޯކުގައި މަދަނީ ހިޔާނާތުގެ ޝަރީއަތަކަށް ފަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 354.9 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.

ކޯޓުގެ ހުކުމުގައި ވާގޮތުން އިންޓަރެސްޓާއެކު 453.5 މިލިއަން ޑޮލަރުގެ ޖޫރިމާނާއެއް ޓްރަމްޕް ދައްކަން ޖެހޭނެ އެވެ.

އަދި ޓްރަމްޕަށް ނިއުޔޯކުގައި ވިޔަފާރި ހިންގުން ތިން އަހަރަށް ގާޒީ ވަނީ މަނާކޮށްފަ އެވެ. މިއާއެކު އޭނާގެ ދަރިން ކަމަށްވާ އެރިކް އާއި ޑޮނަލްޑް ޖޫނިއާ އަށް ވެސް ދެ އަހަރު ދުވަހު ނިއުޔޯކުގައި ވިޔަފާރި ހިންގުން ވަނީ މަނާކޮށްފައެވެ.

މި ހުކުމާއިއެކު، ޓްރަމްޕާއި ޓްރަމްޕް އޯގަނައިޒޭޝަނަށް ނިއުޔޯކުގެ އެއްވެސް މާލީ އިދާރާއަކުން ކުރިއަށް އޮތް ތިން އަހަރު ދުވަހު ލޯނަކަށްވެސް ނޭދެވޭނެ އެވެ.

ޖޫރިމަނާ ކުރުމުން ޓްރަމްޕް ވަނީ އޭނާގެ ރުޅިވެރިކަން ފާޅުކުރުމަށް ޓްރަމްޕްގެ މީސްމީޑިއާ ޕްލެޓްފޯމު ކަމަށްވާ ޓްރޫތު ސޯޝަލް ގައި، ކޯޓުގެ އެ ނިންމުމަކީ މުޅިން އޮޅުވާލުމެއް ކަމަށް ސިފަކޮށް، ގާޒީ އާއި ޕީޖީން ކަންކަން ނިންމާފައިވަނީ ވަކި ފަރާތައް ފައިދާވާގޮތަށް ކަމަށް ތުހުމަތު ކޮށްފަ އެވެ.

އަދި އެ ހުކުމަކީ ޣައިރު ގާނޫނީ އަދި އެމެރިކާގެ ވިސްނުންތަކާއި ހިލާފު ހުކުމެއް ކަމަށް ވެސް ޓްރަމްޕް ބުނެފައިވެ އެވެ.

މިއީ ޓްރަމްޕާއި ދެކޮޅަށް އެމެރިކާގެ ކޯޓަކުން އިއްވި ފުރަތަމަ ހުކުމެއް ނޫނެވެ. އެގޮތުން ރައީސްކަމުގައި ޓްރަމްޕް ހޭދަކުރެއްވި ދުވަސްވަރު ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކާއި، ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ނަހަމަގޮތުގައި ބޭނުން ކުރިކަންވެސް ވަނީ ކަނޑައަޅާފައެވެ. އަދި ވިޔަފާރީގެ މުއާމަލާތްތަކާއި، ހިލޭ އަންހެނަކާއެކު ބަދު އަހުލާގީ އަމަލެއް ހިންގައި އެކަން ސިއްރުކުރުމަށް ކުރި ފައިސާގެ މުއާމަލާތް ހިމެނޭކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން