ރާއްޖެއިން ކޯވިޑް-19އަށް 74 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭގެ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވްވި 74 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހަކާއި، އިންޑިއާގެ 8 މީހަކާއި، ސްރީލަންކާގެ މީހަކާއި، ނޭޕާލްގެ މީހެއްގެ އިތުރުން ފިލިފީންސްގެ މީހެކެވެ.
މިއަދު ޕޮޒިޓިވްވި 70 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން 4 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 3793 އަށް އަރާފައެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގެ 9 ރަށަކުން މިވަގުތު ފެނިފައިވާކަމަށެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 6 ރަށަކާއި، 1 ރިސޯޓާއި، ހަދަމުންދާ ރިސޯޓެއް ހިމެނެއެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 39 މީހުންނެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2607 އަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިހާރު މިވަނީ 1155އަށް އަރާފައެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 59 މީހަކަށެވެ.
ކޯވިޑް19 އިން ރައްކާތެރިވުމަށްޓަކައި އާއްމު ތަންތަނުގައި މާސްކު ނާޅާނަމަ މާދަމައިން ފެށިގެން 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނެޝެނަލް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ނިންމާފައެވެ. އެޗްޕީއޭއިން ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ވަކިން ޚާއްސަކޮށް ދިވެހިންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކުގެ ތެރެއިން ބައެއްކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ބަލަމުންދާނެކަމަށެވެ.
އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 5:00އާ ދެމެދު ޒަރޫރީ ބޭނުމެއްނެތި މަގުމަތީގައި އުޅުމަކީ މަނާކަމެއްކަމުން، މިރެއިން ފެށިގެން އެކަން ތަންފީޒުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށާއި، ޒަރޫރީ ބޭނުމެއްނެތި މަގުމަތީގައި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު