ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަކީ ގޮންޖެހުންބޮޑު މަސައްކަތެއް ކަމަށް ބަންޑާރަނާއިބުގެ އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ މައްސަލަ ކުރިޔަށްދިޔައިރު ކުރީ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް ނަގާފައި ނުވާކަމަށެވެ.
އަދި އެ މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
އޭޖީ އޮފީހުން ބުނީ މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އައްޔަނުކޮށްފައިވާ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއާއި ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ އެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ގާނޫނީ ލަފާތަކުގެ މައްޗަށް ބިނާކޮށް އެ މަސައްކަތްކުރުމަށް ބަންޑާރަނައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ވެސް ލިބިފައިވާ ކަމަށެވެ.
އަދި ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
“އެ މައްސަލައާ ގުޅޭ ލިޔެކިޔުންތަކުން ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ އަންކްލޯސް މުއާހަދާގެ އާޓިކަލް 287 އާއި އެ މުއާހަދާގެ އެނެކްސް VII ގެ ދަށުން ރާއްޖެއާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި ޖޫން 18، 2019 ވަނަ ދުވަހު މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާއެކު މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަށްކަމެވެ.” އޭޖީ އޮފީހުން ބުނެފައިވެއެވެ.
އޭގެ އިތުރުން އެ މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގްވާމީ ޤާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއް ނޫންކަމަށްވެސް އޭޖީން ވަނީ ބުނެފައެވެ.
އެހެންކަމުން އެނިންމުމަކީ އިޓްލޮސްއަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާމެދު ސުވާލު އުފެދޭތީ އެ ނިންމުން އެއޮތްގޮތަށް ތަންފީޒުކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ހަބީރުން ލަފާދީފައިވާ ކަމަށެވެ. އަދި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށްވެސް އޭޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު