އައްޑޫގައި ހިނގި އެކްސިޑެންޓް
އައްޑޫގައި ހިނގި އެކްސިޑެންޓް
އައްޑޫސިޓީ ހިތަދޫގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ، ހެނދުނު 6:51 ގައި ކަމަށެވެ.

މިއެކްސިޑެންޓްގައި ދެ ކާރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބި އެއްކާރު ވަނީ ފުރޮޅާލާފައެވެ. ކާރު ދުއްވި ދެމީހުންގެ އަތުގައިވެސް އެއްގަމު ދަތުރުފަތުރު ކުރުމުގެ ލައިސެންސް އޮތްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މިއެކްސިޑެންޓްގައި ކާރުގައި ތިބި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން