ކޮކާ-ކޯލާ މޯލްޑިވްސްއިން ކުރިއަށްގެންދާ ޕްރޮމޯޝަނަލް ކެމްޕޭންގެ އެންމެ ފަހުގެ ނަސީބުވެރިން އިއުލާންކޮށް، އިނާމު ހަވާލުކޮށްފި އެވެ.

މި ކެމްޕޭންގައި ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ދެނީ މި އަހަރު އެންމެ ޑިމާންޑު ބޮޑު އެއް ސްމާޓްފޯން ކަމަށްވާ ސެމްސަންގް ގެލެކްސީ އެސް23 އެކެވެ.

އެންމެ ފަހުގެ ނަސީބުވެރިންނަށް ހޮވުނީ ތުލުސްދޫއިން އާމިނަތު ޝަހީމާ އާއި މާލެއިން ރަންޖީތު ކާންތަލް އަދި އަހްމަދު އަފްޒަލް އެވެ. އެ ތިން މީހުންނަށް ވެސް ސެމްސަންގް ގެލެކްސީ އެސް23 މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ކޮކާ-ކޯލާއިން ބުނި ގޮތުގައި އެ ތިން ނަސީބުވެރިން ވެސް އެ ދައްކުވައިދެނީ ކޮކާ ކޯލާގެ އިތުބާރު ހިފޭ ކަސްޓަމަރުންނަށް އެ ކުންފުނިން ގެނެސްދޭ އުފާވެރިކަމާއި ނަސީބެވެ. އަދި އެއީ ހަމައެކަނި ކާމިޔާބީއެއް ނޫން ކަމަށާއި ކޮކާ ކޯލާގެ އުފެއްދުންތަކުގެ ކޮންމެ ކޯވަރަކުން ގެނެސްދޭ އުފާވެރިކަމެއްގެ ގޮތުގައި ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.

އެންމެ ފަހުގެ ތިން ނަސީބުވެރިން އިއުލާންކޮށްފައިވާއިރު، މި ކެމްޕޭންގައި ބައިވެރިވެ، މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު 10 މާޗުގެ ނިޔަލަށް އަދި އެބައޮތެވެ. އެގޮތުން ކަސްޓަމަރުން ގަންނަ ކޮކާ-ކޯލާ، ކޯކް ޒީރޯ، ސްޕްރައިޓް، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީ ފުޅީގައި ރަން މަތިގަނޑެއް ހުރެއްޖެނަމަ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު ލިބުނީ އެވެ. މި ޕްރޮޑަކްޓްތައް ސުޕަމާކެޓުތަކާއި ފިހާރަތަކާއި އެ ނޫނަސް ރީޓެއިލް ހިދުމަތް ދޭ ތަފާތު އެކި ތަންތަނުން ގަންނަން ލިބޭނެ އެވެ.

ރަން ކުލައިގެ މަތިގަނޑުގެ ދަށުގައިވާ ކޯޑު 2626އަށް ފޮނުވާލުމުން ކެމްޕޭންގައި ބައިވެރިވެވޭނެ އެވެ. ކޮންމެ ކޯޑަކީ ވެސް ވަކި އެންޓްރީއެކެވެ. އެހެން ނަމަވެސް ވަކިވަކިން، ކިތަންމެ ގިނައިން ވެސް ކޯޑުތައް ފޮނުވިދާނެ އެވެ.

މި ޕްރޮމޯޝަނާ އެކު ކޮކާ ކޯލާގެ އުފެއްދުންތަކަށް ލޯބިކުރާ މީހުންނަށް، އެ މީހަކަށް އެންމެ ކަމުދާ ބުއިމަކަށް އިންސާފުކުރަމުން އިނާމެއް ހޯދުމުގެ ޝައުގުވެރިކަން އުފައްދައި، ކޮންމެ ކޯވަރަކީ ވެސް އެޑްވެންޗާއަކަށް ވަނީ ބަދަލުކޮށްލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން