އާއްްމު ދިރިއުޅުމުގައި ބޭނުން ކުރާ ސާމާނު ވެސް ތިޔަ ބަދަލު ކުރާ އުސޫލުން ބޮލުގައި އަޅަން ގެންގުޅޭ ބުރުހަކީ ވެސް ބަދަލު ނުކުރާނަމަ އޭގެ ގެއްލުން ހުރި އެއްޗެކެވެ. ޑެންޓިސްޓުން ގެ އިރުޝާދާ އެކު ދަތް އުނގުޅާ ބުރުސް ކޮންމެ މަހަކު ބަދަލު ކުރާ ފަދައިން ބާވެ ހަޑިވެފައިވާ ބުރުސް ބޮލުގައި އަޅަން ބޭނުން ކުރުމުގެ ސަބަބުން ތިމާގެ އިސްތަށި ގަނޑަށާއި ބޮލުގެ ހަންގަނޑަށް ލިބިދާނެ ގެއްލުމުން ސަލާމަތް ވުމަށް ބޮލުގައި އަޅާ ބުރުސް ބަދަލު ކުރުމަކީ ވެސް ކޮންމެހެން ކުރަންޖޭހެ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މީ ނުކުރެވޭނެ ކަމެއްވެސް ނޫނެވެ.

ބޮލުގައި އަޅަން ގެންގުޅަޭ ބުރުސް ވަރަށް ރީތިކޮށް ސާފުކޮށް ގެންގުޅޭމީހުން ވެސް މަދެއް ނޫނެވެ. ގިނަ ދުވަހު ބުރުސް ގެންގުޅުމުގެ ބޭނުމުގައެވެ. ނަމަވެސް، އަހަރެމެންނަށް ނޭނގޭ ކަމަކީ ގިނަ ދުވަހު ބުރުސް ބޭނުން ކުރުމުން އޭގެ ތުނޑުތަށް ހަލާކުވެ ބޮލުގެ ހަންގަނޑަށް އެކިކަހަލަ ގެއްލުން ލިބިގެން ދާކަމެވެ.

އެހެންކަމުން ބުރުހެއް ބަދަލުކުރުން އެންމެ ރަނގަޅީ ކޮންއިރަކުތޯ ބެލުމަށް ފުރަތަމަ ބުރުހުގެ ތުނޑު ތަކުގެ ތެރޭ ހިރަފުސް ނޫނީ އިސްތަށި ހުރިތޯ ބަލާށެއެވެ. މިގޮތަށް ހަޑިވެފައިވާ ބުރުހެއް ބޭނުން ކުރުމުން އިސްތަށި ގަނޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ދިރާސާތަކުން ދައްކައެވެ. މިކަމުގެ ސަބަބުން ބޮލުން ހަންފޮޅި ވަރަށް ބޮޑަށް ހިރުވާ ގޮތްވެއެވެ އަދި އިސްތަށިފޭބުން އިތުރުވެ އިސްތަށި ގަނޑު ބަލިވެގެން ދެއެވެ. ގިނަދުވަސް ވެފައިވާ ބުރުހު ގައި ބެކްޓީރިޔާ އަދި ޔީސްޓް ފަދަ ޖަރާސީމް އުފެދިގެންދާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ވީމާ އަބަދުވެސް ބުރުސް ސާފުކޮށް ބެލެހެއްޓުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.



ބުރުސް ރަނގަޅަށް ސާފް ކުރުމަށް، ބޭކިންގް ސޯޑާ، ފެން، ޝޭމްޕޫ ބޭނުން ކުރެވިދާނެއެވެ ބޭކިންސޮޑާ އާއި ޝޭމްޕް އެއްކޮލުމަށް ފަހު ދަތް އުނގުޅާ ޒާތުގެ ބުރުހެއް ބޭނުން ކޮށްގެން ބޮލުގައި އަޅާ ބުރުސް ރަނގަޅަށް ސާފުކޮށްފައި ފެނުން ދޮވެލީމަ ބުރުހުގައި އުފެދިފައި ހުންނަ ޖަރާސީމް ތައް ފިލައިދާނެއެވެ.

އާ ބުރުހެއް ގަންނަންވާނީ އެ ބުރުސް ބޭނުންކުރވުނީ ކިހާވަރަކަށްތޯ ބަލާ އަދި ސާފްކުރެވުނީ ކިހާ މިންވަރަކަށްތޯ ބަލާފައެވެ. ނަމަވެސް ބުރުސް ކިތައްމެ ރަނގަޅަށް ސާފު ކުރިއަސް 6 މަހުން ނޫނީ އަހަރަކު 1 ފަހަރު ބުރުސް ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން