"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގައި ވާ ގޮތުގެމަތިން "ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ، ގއ.ކޮލަމާފުށި/ އޯޝަންރީޑް މުޙައްމަދު ޢަޒީމަށް ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އާ ސިޔާސީ ޕާޓީއެއް އުފައްދަން އީސީއިން ހުއްދަ ދީފައި ވާއިރު، މަޖިލިސް އިންތިހާބު ފެށޭ ދުވަސް ގާތްވެ، ޕާޓީތަކުން ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނަ މެމްބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ. އެގޮތުން، 31 ޑިސެމްބަރ 2023ގެ ނިޔަލަށް އެމްޑީޕީގައި ތިބީ 52,142 މެމްބަރުންނެވެ. އަދި ޕީޕީއެމްގައި 36,223 މެމްބަރުން ތިބި އިރު، ޕީއެންސީގައި 28,201 މެމްބަރުން ތިބި ކަމަށް އޭރުގެ ހިސާބުތަކުން ދައްކައެވެ.

އިސީގެ މިދިޔަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްހޫރީ ޕާޓީގައި 18,349 މެމްބަރުން އެބަ ތިއްބެވެ. އަދި އަދާލަތު ޕާޓީގައި 8,796 މެމްބަރުން ތިބި އިރު، އެމްޑީއޭގައި ތިބީ 8,555 މެމްބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން