މާލެއިން ގެއްލުނު 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެެވެ.
ތޭރަ އަހަރުގެ ކުޑަކުއްޖަކު މާލެއިން ގެއްލިގެން ހޯދަން ފަށާފައިވާކަމަށް ބުނެ ފުލުހުން ފޮޓޯ އާއްމު ކުރީ މިއަދުއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ހުޅުމާޅެ ފޭސް ދޭއްގައި ދިރިއުޅެމުންދާ 13 އަހަރުގެ, ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު ކަމަށެވެ.
ޒީވާ ގެއްލިފައިވާ ކަމަށް ރޭ 07:45 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށަައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ޒީވާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރު ހައެއް ޖެހިއިރު އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން މިއަދު މެންދުރު ބުނީ، ގެއްލިހެން ހޯދަމުންދިޔަ ޒީވާ، މިއަދު 12:15 އެހާކަންހާއިރު މާލެއިން ވަނީ ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު