1445 ވަނަ އަހަރު ރޯދަމަހާއި ދިމާކޮށް ރަސް އޮންލައިން އިން ކުރިއަށްދާ ހާއްސަ ރޯދަ ވީއްލުން ޕްރޮމޯޝަނަކީ ދިވެހީންނަށް ކަމުދާނެ ފަދަ ރެސްޓޯރެންޓް ތަކުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ރޯދަ ވީއްލުމެއް ދިނުމުގެ ގޮތުން ކުރިއަށްދާ ޕްރޮމޯޝަނެކެވެ. ރޯދަމަސް ނިމެންދެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި މާލެ، ހުޅުމާލެ، ކ. މާފުށި, ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ ރެސްޓޯރެންޓް ތަކުން ރޯދަ ވީއްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގައި ބައިވެރިވެލުމަށް:

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގައި ބައިވެރިވެލުމަށް މިލިޔުން ހިއްސާކޮށްފައިވާ ރަސްގެ ފޭސްބުކް ޕޯސްޓަށް ލައިކްކޮށް ޝެއަރ ކުރުމަށްފަހު ކޮމެންޓް ކޮށްލަންވީއެވެ. ކޮމެންޓު ކުރާނީ އެހަފްތާގައި ރޯދަ ވީއްލުން ހަމަޖެހިފައިވާ ރެސްޓޯރަންޓް ތަކުގެ ތެރެއިން އެމީހަކު ރޯދަ ވީއްލަން ބޭނުންވާ ރެސްޓޯރެންޓެއްގެ ނަމެވެ. އެއަށް ފަހު އެ ކޮމެންޓަށް ލައިކް ހޯދާށެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ވާނީ އެންމެ ގިނައިން ލައިކް ލިބޭ ކޮމެންޓް ކޮށްފައިވާ ފަރާތެވެ. އަދި އެމީހަކު ކޮމެންޓުގައި ފާހަގަކޮށްފައިވާ ރެސްޓޯރެންޓުން ރޯދަ ވީއްލުން ހަމަޖެހިގެން ދާނެއެވެ.

މި ޕްރޮމޯޝަނުން ރޯދަ ވީއްލުން ލިބޭނެ ފަސް ރެސްޓޯރެންޓުން ރޯދަ ވީއްލުމަށް 5 ނަސީބުވެރިޔަކު ހޮވޭނެއެވެ. އަދި ކޮންމެ ނަސީބުވެރިޔަކަށް، ޖުމްލަ 4 ފަރާތަކަށް ރޯދަ ވީއްލުން ހަމަޖެހިގެންދާނެއެވެ.

ރަސް ރޯދަވީއްލުން 4 ވަނަ ހަފްތާ:

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގެ ތިންވަނަ ހަފްތާގައި ރޯދަ ވީއްލުން ހާއްސަކުރެވިފައިވަނީ ޑްރީމްސް ޑައިނަރ، ދަ ބްލެކް ޕާލް، ލިލްމާސް ލައުންޖް، މިސްޓަރ އޮކްޓޮޕަސް، އަދި އާއްޓޭސް އިންނެވެ.

މިހަފްތާގެ ޕްރޮމޯޝަން ކުރިއަށްދާނީ 7 އޭޕްރީލް ވާ އާދީއްތަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ.

ޑްރީމްސް ޑައިނަރ:

ދިވެހިންގެ ރަހަތަކާގުޅޭ ގޮތަށް އަދި ދިވެހިންނަށް އެންމެ ކަމުދާނެފަދަ ރަހަތައް އެކުލެވޭ ޑްރީމްސް ޑައިނަރގެ ރޯދަ މެނޫ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން، މިއަހަރުވެސް ނިކަން ތަފާތެވެ. ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު އެކި ހެދިކާގެ ބާވަތްތަކުން ފެށިގެން، ސިއްހަތަށް ފައިދާ ހުރި ސެލެޑް ތަކާއި، ޒަމާނީ އެކި ބާވަތްތަކުގެ ޑިޝްތައް މި ހާއްސަ ރޯދަ މެނޫގައި ހިމެނެއެވެ. މީގެ އިތުރުން ފޮނި ކާތަކެތީގެ އެކި ބާވަތްތަކާއި، ތަފާތު މީރު މޭވާގެ އިތުރުން، ތަފާތު ބުއިންތައްވެސް މި މެނޫގައި ހިމެނެއެވެ. ޑްރީމްސް ޑައިނަރގެ ރޯދަ މެނޫ ތަޖުރިބާ ކޮށްލަން ބޭނުންވާނަމަ، މާލޭގައި ހުންނަ ޑްރީމްސް ޑައިނަރ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޑްރީމްސް ޑައިނަރ ވެސް އިހުތިޔާރުކޮށްލެވޭނެއެވެ. މާލޭގެ ޑްރީމްސް ޑައިނަރ ހުންނަނީ މާވެޔޮ މަގާ ކައިރިން މަޖީދީ މަގުގައެވެ. އަދި ހުޅުމާލޭ ޑްރީމްސް ޑައިނަރ ހުންނާނީ ހުޅުމާލޭ އަހިގަސް މަގުގައެވެ. ރޯދަވީއްލުމަށް މޭޒެއް ރިޒަރވްކޮށްލުމަށް ޑްރީމްސްގެ ހާއްސަ ވެބްސައިޓަށް ޒިޔާރަތްކޮށްލައިގެން ވަރަށް ފަސޭހަކަމާއެކު އެކަން ކޮށްލެވޭނެއެވެ. ފޯނުން ގުޅައި މޭޒެއް ރިޒަރވްކޮށްލުމަށް، 7211717 އަށް ގުޅުއްވާލައްވާށެވެ.



ދަ ބްލެކް ޕާލް:

ފައިން ޑައިނިންގ އަށް ހާއްސަ ދަ ބްލެކް ޕާލް ރެސްޓޯރަންޓް އެންޑް ލައުންޖް އަކީ މާލެއިން ތަފާތު މާހައުލަކުން ކެއުމަށް އިންސާފު ކުރުމަށް ހާއްސަ ތަނެކެވެ. ތާޒާ ތަކެތި ބޭނުންކޮށް، މަތީ ފަންތީގެ ތަމްރީނު ލިބިފައިވާ ޝެފުންގެ ހުނަރުތައް ދައްކާލަ ދޭ ފައިން ޑައިނިންގ ކެއުންތައް ތަޖުރިބާކޮށްލުމަށް ބްލެކް ޕާލް ރެސްޓޯރަންޓް މިއީ އެއްވަނައެވެ. ލަގްޒަރީ ގެސްޓްރޮނޮމީ ތަޖުރިބާކޮށްލުމަށް ލިބޭ މިފުރުސަތާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް އެކުލެވޭ ހާއްސަ ރޯދަ މެނޫއެއްވެސް ދަ ބްލެކް ޕާލް އިން ވަނީ ތައާރަފްކޮށްފައެވެ. ދަ ބްލެކް ޕާލް ރެސްޓޯރަންޓް އެންޑް ލައުންޖް ގެ ރޯދަ މެނޫ ތަޖުރިބާ ކޮށްލަން ބޭނުންވާނަމަ ފޯނުން ގުޅައި މޭޒެއް ރިޒަރވްކޮށްލުމަށް، 7811199 އަށް ގުޅުއްވާލައްވާށެވެ.



ލިލްމާސް ލައުންޖް:

ލިލްމާސް ލައުންޖްއަކީ ހުޅުމާލޭގައި ފާހަގަކޮށްލެވޭ ރެސްޓޯރަންޓްތަކުގެ ތެރެއިން އެފަދަ ދެވަނައެއް ނެތް، ހިތްގައިމު ތަނެކެވެ. ޒުވާނުންގެ ތެރޭގައި ނަންހިނގާ ލިލްމާސް ލައުންޖް އިން ކެއުމަކަށް އިންސާފުކޮށްލަން އެދޭނަމަ ދިވެހިންނާވެސް ގުޅޭ ތަފާތު ރަހަތަކުން ފުރިފައިވާ މެނޫ އިން ކެއުމަކަށް އޯޑަރު ކޮށްލަންވީއެވެ. މީގެއިތުރުން، ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު އެކި ހެދިކާގެ ބާވަތްތަކުން ފެށިގެން، ސިއްހަތަށް ފައިދާ ހުރި ސެލެޑް ތަކާއި، ޒަމާނީ އެކި ބާވަތްތަކުގެ ކެއުމުގެ ބާވަތްތަކާއި، ތަފާތު ބުއިންތައް ހިމެނޭ މިއަހަރުގެ ރޯދަ މެނޫވެސް ނިކަން ފާހަގަކޮށްލެވެއެެވެ. ލިލް މާސް ގެ ރޯދަ މެނޫ ތަޖުރިބާ ކޮށްލަން ބޭނުންވާނަމަ ފޯނުން ގުޅައި މޭޒެއް ރިޒަރވްކޮށްލުމަށް، 7659004 އަށް ގުޅުއްވާލައްވާށެވެ.



މިސްޓަރ އޮކްޓޮޕަސް:

ހިތްފަސޭހަ މާހައުލަކުން އާއިލާ އާއި ރައްޓެހިންނާއެކު ރޯދަ ވީއްލުމަކަށް އިންސާފުކޮށްލާނަމަ ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ މިސްޓަރ އޮކްޓޮޕަސް މިއީ ހަމަ އެއްވަނައެވެ. ދިވެހިންގެ ރަހަތަކާ ރައްޓެހި އެތައް ވައްތަރެއްގެ ކެއިން ބުއިމުން ފުރިފައިވާ މިސްޓަރ އޮކްޓޮޕަސްގެ ރޯދަ ވީއްލުމުގެ މެނޫ އިން ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ މިސްޓަރ އޮކްޓޮޕަސް ގެ ފޯނު ނަންބަރު 9299222 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ. މީގެ އިތުރުން އާއިލާގެ ގިނަ ބަޔަކު ނުވަތަ ރައްޓެހިންގެ ގްރޫޕަކާއެކު ރޯދަ ވީއްލުމެއް ނުވަތަ ތަރާވީސް ގަޑީގެ ކެއުމެއް އިންސާފު ކޮށްލަން ބޭނުންނަމަވެސް ކުރީބައިގައި ބޫކިންގް ހަދާލައި ކެއުމަށް އިންސާފު ކުރެވޭނެއެވެ.



އާއްޓޭސް:

އާއްޓޭސް އަކީ އައްޑޫސިޓީގައި ފާހަގަކޮށްލެވޭ ރެސްޓޯރަންޓްތަކުގެ ތެރެއިން އެފަދަ ދެވަނައެއް ނެތް، ހިތްގައިމު ތަނެކެވެ. އައްޑޫއަށް ޒިޔާރަތް ކުރާ ހުރިހާ މީހުންނަށްވެސް އެއްތަނަކުން ހުރިހާ ޚިދުމަތެއް ލިބޭނެ ކޮންސެޕްޓަށް ތައްޔާރުކޮށްފައިވާ އާއްޓޭސް އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު ޚިދުމަތް ދޭންފެށި ތަނެކެވެ. ދެ ބުރިއަށް ހަދާފައިވާ މި ރެސްޓޯރެންޓް މަތީ ފްލޯ ހާއްސަކޮށްފައިވަނީ ޝީޝާ ލައުންޖަކަށެވެ. އަދި ކަރޯކޭ ޖެއްސުމަށް ވަކި ހާއްސަ ކަރޯކޭ ރޫމް އެއްވެސް މިފްލޯގައި ހިމެނިފައިވެއެވެ. ކޮފީ، އަދި މީރު ބުއިންތަކާއި، މީރު ކެއުންތަކުގެ އިތުރުން މިފަދަ ހުރިހާ ޚިދުމަތެއް އެއްތާކުން އައްޑޫގައި ލިބެން ހުރީވެސް އާއްޓޭސް އިން އެކަނިކަން ފާހަގަކޮށްލަން ޖެހެއެވެ. ޒުވާނުންގެ ތެރޭގައި ނަންހިނގާ އާއްޓޭސް އިން އާއިލާ އާއި ރައްޓެހިންނާއެކު ރޯދަ ވީއްލުމަކަށް އިންސާފުކޮށްލާނަމަ މިއީ ހަމަ އެއްވަނައެވެ. ދިވެހިންގެ ރަހަތަކާ ރައްޓެހި އެތައް ވައްތަރެއްގެ ކެއިން ބުއިމުން ފުރިފައިވާ އާއްޓޭސް ގެ ރޯދަ ވީއްލުމުގެ މެނޫ އިން ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ އާއްޓޭސް ގެ ފޯނު ނަންބަރު 9304008 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ.



1445 ވަނަ އަހަރު ރޯދަމަހާއި ދިމާކޮށް ރަސް އޮންލައިން އިން ކުރިއަށްދާ ހާއްސަ ރޯދަ ވީއްލުން ޕްރޮމޯޝަނުގައި ޖުމްލަ 25 ރެސްޓޯރެންޓަކުން 100 މީހުންނަށް ރޯދަ ވީއްލުން ހަމަޖެހިގެން ދާނެއެވެ. މިއީ ރޯދަ މަހަކާއި ގުޅުވައިގެން ރޯދަވީއްލުމުގެ ޕްރޮމޯޝަނެއް މިހާ ބޮޑުކޮށް ރާއްޖޭގައި ކުރިއަށް ގެންދާ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން