މި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިގެންކަމަށް ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާވަށު ދާއިރާއަށް ވާދަކުރައްވާ އަޙްމަދު ޝާކިރަށް ތާއީދު ހޯއްދެވުމަށް އެ ރަށަށް ވަޑައިގެން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ބޮޑެތި ދޮގުތަކެއް ހަދަމުން ކަމަށެވެ.

އަދި އެ ދޮގުތައް ހެދުން ހުއްޓުވާ ސަރުކާރު ޖަވާބުދާރީ ކުރަން ބޭނުންވާނަމަ ވޯޓު ދޭންވީ އެމްޑީޕީއަށްކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓުދީ ހޮވައިފިނަމަ އެ ފަރާތްތަކުން ކުރާނެހާވެސް ކަމަކީ ސަރުކާރުން ހަދަމުންދާ ދޮގުތަކަށް އެއްބާރުލުންދިނުން ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ލާބަޔަށް އެއްވެސް ކަމެއް އެފަދަ ފަރާތްތަކުން ނުކުރާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

އެކަން އެގޮތަށް ވާންބޭނުން ނުވާނަމަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް ގޮވާލައްވަމުން މާރިޔާ ވިދާޅުވީ، އޭރުން ވަޒީރުން އެބޭފުޅުންގެ ޒިންމާ އަދާކުރާ މިންވަރު ބެލުމަށް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭނެކަމަށާއި، ކޮމެޓީތަކުގެ މަސައްކަތްތަކުގެ ތެރެއިން ވެސް ވަޒީރުންނާއި އެނޫންވެސް ސަރުކާރުގެ އިސް ފަރާތްތައް ގެނެސް ސުވާލު ކުރުން ކުރިއަށް ގެންގޮސް އެ ފަރާތްތައް ޒިންމާދާރު ކުރާނެކަމަށެވެ.

އެމްޑީޕީން މި އިންތިހާބުގައި އެންމެ ދާއިރާއެއް ފިޔަވާ ދެންހުރި ހުރިހާ ދާއިރާއަކަށް ވާދަކުރާއިރު އެމްޑީޕީން މި ފަހަރު ކެމްޕޭންގައި ގެންގުޅޭ ޝިއާރަކީ "މިސްރާބު ހަމަމަގަށް" އެވެ.


ކިޔުންތެރިންގެ ހިޔާލު


0

އިބްރާހީމް

25-Apr-2024

މާރީޔާ އަކީ ރައީސް އިބޫ ސަރުކާރު ވެއްޓުމުގެ އެންމެ ބޮޑު އަސްލު.



ޓްރެންޑިން