ނިމިގެން ދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،300 އަށްވުރެ ގިނަ ގޯތި، ގުޅީފަޅަށް ބަދަލުކުރަން އެދެން ސަރުކާރުން ދިން މުއްދަތު އިތުރުކޮށްފި އެވެ.
ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފައި އޮތީ އިއްޔެގެ ނިޔަލަށެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެއީ ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ގުޅީފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރަން ނިންމާފައި ވަނީ ޖުމްލަ 1347 ގޯއްޗެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯތި، 2050 އަކަފޫޓުގެ 487 ގޯތީގެ އިތުރުން 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.
ހައުސިން މިނިސްޓްރީން ބުނީ ގުޅިފަޅަށް ބަދަލުވާން ބޭނުންވާ މީހުންގެ އަދަދު އިތުރުވާނަމަ އެ އަދަދު ކަނޑައަޅާނީ ގުރު ނަގައިގެން ކަމަށާއި އެ ގުރުއަތުނަގާނެ ތާރީހު އާންމުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު