ރަށްރަށުން މާލެ އަންނަ އުޅަނދުފަހަރު ލަފާ ފުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި އެހެން ސަރަހައްދުތަކުން ލަފާ ފުރުން، މާލެ ސިޓީކައުންސިލުން މަނާކޮށްފިއެވެ.
މާލެ ސިޓީކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެޗްޕީއޭ އިން އެންމެ ފަހުން ނެރުނު އެންގުމުގެ 6 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އަތޮޅުތަކުން އުޅަނދުފަހަރު، މާލެސިޓީއަށް ލަފާ ފުރުމުގައި ވަކި ސަރަހައްދު ތަކެއް ހަމަޖައްސައިފައިވާ ކަމަށެވެ. އެސަރަހައްދުތަން ނޫން އެހެން ސަރަހައްދުތައް މާލެ އިން ލަފާފުރުމުގައި ބޭނުން ނުކުރެވޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.
އެގޮތުން އަތޮޅުތަކުން މާލެ އަންނަ އޮޑި ދޯނިފަހަރު ލަފާ ފުރުމުގައި މާލޭގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުންކުރުމަށާއި، އަތޮޅުތަކުން މާލެ އަންނަ ސްޕީޑް ލޯންޗުފަހަރު މާލޭގެ 1 ނަންބަރު ޖެޓީ ( އެމްއެމްއޭ) ކުރިމަތި ބޭނުންކުރުމަށް މާލެ ސިޓީކައުންސިލުން ވަނީ އަންގާފައެވެ.
މީގެ އިތުރުން އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުފަހަރު ލަފާފުރުމަށް ހުޅުމާލެ ބަނދަރު ބޭނުންކުރުމަށާއި، އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ތިލަފުށީ ބަނދަރު ބޭނުންކުރުމާއި ރިސޯޓްތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗުފަހަރު މާލޭގެ 5 ނަންބަރާއި 6 ނަންބަރު ޖެޓީ ( ބޭންކް އޮފް މޯލްޑިވިސް ކުރިމަތި) ބޭނުންކުރާ ގޮތަށް މާލެ ސިޓީކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އަތޮޅުތަކުންނާއި ރިސޯޓުތަކުން މާލެ ސިޓީއަށް އަންނަ އަދި ފުރާ އުޅަނދުފަހަރު އެގޮތަށް އަަމަލު ކުރުމަށް އެދޭ ކަމަށް މާލެ ސިޓީކައުންސިލުން ނެރުނު އިއުލާންގައި ބުނެފައިވެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މާލެ އަށް ބަނދަރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި މީހުން މާލެ އަށް ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.
މާލެ ސިޓީކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުތަން ނޫން ސަރަހައްދަކުން އޮޑިދޯނިފަހަރު ލަފާފުރާނަމަ އެ އޮޑިއެއްގެ ކެޕްޓަން ޖޫރިމަނާ ކުރާނެ ކަމަށާއި، އެކަމާއި ގުޅޭ އުސޫލެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
" އަދި އެ އުޅަނދަކުން ވެސް މީހަކު މާލެ އަށް ފައިބައިފިނަމަ އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެ." ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭ އިން ދާދިފަހުން ވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ އަތޮޅުތަކުން މާލެ ސިޓީ އަށް ދަތުރުކުރުން ހުއްޓާލަން އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު