ފަނަރަ އަހަރަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އީވާ އަބްދުﷲ އަށް ގޮނޑި ގެއްލިއްޖެ އެވެ

ކުރިން އެމްޑީޕީގެ ޓިކެޓުގައި ކޮންމެ ފަހަރަކުވެސް މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި އީވާ މި ފަހަރު މަޖިލީހަށް ކުރިމަތިލެއްވީ ޑިމޮކްރެޓްސްގެ ޓިކެޓްގަ އެވެ. އެއީ ނިމިގެން ދިޔަ ވެރިކަމުގައި އެމްޑީޕީ ދެބައިވެ އީވާ އެމްޑީޕީން ވަކިވެ ޑިމޮކްެރެޓްސްއާ ގުޅިވަޑައިގަތުމުން ނެވެ.

އީވާ މިފަހަރުގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވީ އެ ދާއިރާއަށް އެމްޑީޕީން ވާދަކުރެއްވި މުހައްމަދު އިބްރާހިމް (ކުޑޫ) އާ ވާދަ ކުރައްވައިގެން ނެވެ.

އީވާ ވަނީ ބަލި ގަބޫލު ކުރައްވައި ކުޑޫއަށް މަރުހަބާވެސް ވިދާޅުވެފަ އެެވެ.

ނިމިގެން ދިޔަ ދައުރުގައި އީވާ ފާހަގަ ކުރެވިގެން ދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި މެމްބަރުންގެ ތެރޭގަ އެވެ.

ނިމިގެން ދިޔަ ދައުރުގައި އީވާ މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރެއްވި އިރު އޭނާ އެ މަގާމުން ވަކި ކުރަން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ހުށަހެޅި ފަހުން އަމިއްލައަށް ނާއިބު ރައީސްކަމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން