އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ނަތީޖާއިން މާޔޫސްކޮށްލައިފި ކަމަށާއި އަލުން ވައުދުތައް ކަށަވަރުކޮށްދީ، މުޖުތަމައާ ވީހާ ވެސް ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ވެރިކަން ކުރާ ޕީޕިއެމް /ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ. އެގޮތުން ވަގުތީ ނަތީޖާތައް ދައްކާގޮތަށް ބަލާއިރު މިހާތަނަށް ސަރުކާރަށް 70 އަށް ވުރެ ގިނަ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު އެމްޑީޕީއަށް ލިބިފައިވަނީ އެެންމެ 12 ގޮނޑި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ނަތީޖާއިން މާޔޫސްވެ ވަޑައިގެންފައިވާ ކަމަށެެވެ. އަދި ޑިމޮކްރެސީގެ ހަަމަތައް ހިފެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޒިންމާދާރު އިދިކޮޅެއްގެ ގޮތުގައި ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް އެމްޑީޕީ ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދުގެ ނަތީޖާއިން މާޔޫސްކޮށްލިޔަސް، މިއީ އަޅުގަނޑުމެންގެ ވައުދު އަލުން ކަށަވަރުކޮށްދީ، އަޅުގަނޑުމެންގެ ކޮމިއުނިޓީސްއާއެކު އިތުރަށް ގާތުން މަސައްކަތްކުރަން ޖެހޭ ވަގުތު." ކުރީގެ މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު