ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ މުޝީރު އަބްދުއްރަޙީމްގެ ހިސާބު ބަރާބަރަށް ދިމާވާ ކަމަށާއި އިއްޔެ ނަތީޖާއިން ފެނިގެން ދިޔައީ ރައީސަށް އޮތް އިތުބާރު ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒަށް ތަހުނިހާ ފޮނުއްވަމުން މީސްމީޑިއާ މެދުވެރި ކުރަށްވައި ފޮނުއްވި މެސެޖެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ އިއްޔެގެ ނަތީޖާއަކީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

އޭގެ އިތުރުން ޝިޔާމް ވަނީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސްގެ ޚާއްސަ މުޝީރު އަބްދުއްރަހީމް އިންތިޚާބުގެ ކުރިން ވިދާޅުވި ވާހަކަފުޅެއް ހިމެނޭ ޚަބަރެއްގެ ސުރުޚީވެސް މީސް މީޑިއާގައި ޙިއްސާކުރަށްވާފައެވެ. އެ ޚަބަރުގައި އަދުރޭ ވިދާޅުވެފައިވަނީ މި އިންތިޚާބުގައި ޕީއެންސީން 70 ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.

“ހިސާބު ބަރާބަރަށް އެބަދިމާވޭ الحمد الله.” އަދުރޭއަށް ތަޢުރީފު ކުރަށްވަމުން ޝިޔާމް ވިދާޅުވިއެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މި އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ވަރަކަށް ގޮނޑިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން