20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ދާއިރާގެ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އިސްލާމިކް މިނިސްޓްރީގެ ތެރެއިން މުއާމަލާތުކުރުމަށް އެ މިނިސްޓްރީގައި ހާއްސަ މަންދޫބެއް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަކީ ރައްޔިތުންނަށް އަވަސް ޚިދުމަތް ދިނުން ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމަށްވާއިރު ވަކި ޕާޓީއަކަށް ނުބަލާ އެ ބޭފުޅުންނަށް މިނިސްޓްރީން އިސްކަމެއް ދޭނެކަމަށެވެ.

އެހެންކަމުން، މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޔާސީން ނައީމު އެކަމަށްޓަކައި ހަމަޖައްސާފައިވާކަމަށާއި އެ މިނިސްޓްރީން ދޭ ހިދުމަތްތައް އެންމެ އަވަހަށް ދާއިރާތަކަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން އޭނާއާއި ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، މަޖިލިސް މެޖޯރިޓީ ލިބުމާއިއެކު ރައީސް ވެސް ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެން 24 ގަޑިއިރު މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުން އުޅުއްވަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަޙްމަދު

25-Apr-2024

އިސްލާމިކް މިނިސްޓްރީގައި މަޖްލިސް މެމްބަރުން ގުޅަން މީހަކު ޚާއްސަ ކޮށްފައި ބެހެއްޓުމަށް ވުރެ މުހިއްމީ، މަޖްލިހުން ފާސްކުރާ ގާނޫނުތަކަކީ އިސްލާމީ ޝަރީޢަތާއި މުޢާމާލާތުގެ ހަމަތަކާ އެއްގޮތަށް ފާސްކުރެވޭ އެއްޗެއްތޯ ބަލާކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ކޮމިޓީއެއް އެކުލަވާލުން. ނުވަތަ ފާސްކުރެވޭ ގާނޫނުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމުގެ ކުރިން ފިގުހު އެކަޑަމީއިން ބަލާ ދިރާސާ ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން. އަދި މިއީ ގާނޫނުއަސާސީއަށް ބަލާއިރުވެސް ކުރުން ލާޒިމުކަމެއް. އެހެނީ ގާނޫނުއަސާސީ ބުނާގޮތުން ދިވެހިރާއްޖޭގައި ހެދޭ ގާނޫނުތައް ހެދެންޖެހޭނީ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ނުވާގޮތަށް. އޭގެ މާނަ އަކީ ގާނޫނުތައް ހުންނަން ޖެހޭނީ އިސްލާމީ ޝަރީޢަތުގެ އިމުގެ ތެރޭގައޭ. އެހެންނަމަވެސް ގާނޫނުތައް ހެދި ތަޞްދީޤު ކުރެވިގެން ދާއިރުވެސް މިބުނެވުނު ފަދައިން ޗެކް ކުރެވޭނެ އިންތިޒާމެއް މަޖްލިސް ތެރެއިންވެސް ނުވަތަ ބޭނުންވިއަސް އިންތިޒާމު ކުރެވިފައެއްނުވޭ. މިފަދަ ޒިންމާއެއް އަދާކުރުމަށް އެންމެ އައުލާކަން ބޮޑި ދިވެހިރާއްޖޭގެ ފިގުހު އެކަޑަމީ އިން.



ޓްރެންޑިން