ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ބިން، ބީލަމުގެ އުސޫލުން ވިއްކަން މިއަދު ހުޅުވާލައިފިއެވެ.

ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސައިޑުން 13 ބިމެކެވެ. މި ބިންތަކުގެ ތެރޭގައި 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނެއެވެ.

ދިރިއުޅުމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ވިއްކުމަށް މިއަދު އިއުލާނުކުރި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައވަނީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ. އެޗްޑީސީން ބުނީ ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ 2 މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ދިރިއުޅުމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައެޅިފައިވާ މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000.00 ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު


0

އޭ.އާރު.އޭ.ރަހުމާނު

15-Jun-2024

ހުޅުމާލެ އިން ހިލޭ ދޫކޮށްފައިހުރި ހުރިހާ ބިމެއް ގުޅިފަޅު ނުވަތަ ގިރާވަރުފަޅު އަށް ބަދަލު ކުރައްވާފަ، ނޫނީ ތިގޮތަށް ބިން ވިއްކަވައިފިނަމަ އެއީ ވަރަށް ނާއިންސާފު ކަމެއް. މިހެން މިދެންނެވީ ބީލަން ފެށޭ ރޭޓް އިން ބެލީމާވެސް އެންމެ ކުޑަ ސައިޒް{1250އަކަފޫޓް}ގެ ބިމެއް ލިބިފައިވާ ފަރާތަކަށްވެސް އެ ދެވެނީ ފަސްމިލިޔަން ރުރިޔާ. ދައޮލަތްގެ ފައިސާ ވަކިބަޔަކަށް ދިނުން އިންސާފް ވެރި ވާނެތޯ?



ޓްރެންޑިން