އާސަންދަ ސްކީމްގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ހަމަޖެއްސިފަހުން 700އަށް ވުރެ ގިނަ މީހުން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދައިފިއެވެ.

އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް މިއަހަރުގެ ޖެނުއަރީމަހު ހުޅުވާލުމުން އައިޖީއެމްއެޗްގައި 291 މީހުން މެޑިކަލް ޗެކަޕް ހަދާފައިވާއިރު މިހާރުވެސް އެ ހޮސްޕިޓަލްގެ ވެއިޓް ލިސްޓްގައި 377 މީހުން އެބަތިއްބެވެ.

އޭގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލްގައި އާސަންދައިގެ ދަށުން 505 މީހެއްގެ މެޑިކަލް ޗެކަޕް ހަދާފައިވާއިރު ވެއިޓް ލިސްޓްގައި 177 މީހުން އެބަތިބި ކަމަށް އާސަންދައިގެ ތަފާސް ހިސާބުން ދައްކައެވެ.

މިއަަހަރުގެ ފުރަތަމަ ދުވަހު ތައާރަފްކުރި އާސަންދަ މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒު ކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް ޚިދުމަތް ފޯރުކޮށްދޭ އުމުރުފުރާތަކާއި ޕެކޭޖަށް ސަރުކާރުން މިހާރުވަނީ ބަދަލުގެނެސްފައެވެ.

އެގޮތުން އޭޕްރީލް ފުރަތަމަ ދުވަހުން ފެށިގެން 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފައެވެ.

އަދި އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މި ހިދުމަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން