މުއާސަލާތާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯރކްސް އިން ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ކުރިން ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯރކްސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މި ބައްދަލުވުމަކީ ރާއްޖޭގެ މުއާސަލާތީ ހިދުމަތްތަކަށް ޒަމާނާއި އެއްކޮށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދެމުންގެންދާ ފަރާތްތަކުން ބޭނުންވާ އުސޫލުތަކާއި ގަވާއިދުތައް ފުރިހަމަ ކުރުމުގެ ބައްދަލުވުމެއް ކަމުގައެވެ.

ސްޓެލްކޯގެ ކޮންފެރެންސް ހޯލްގައި ބޭއްވި މި ބައްދަލުވުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ދިރާގު، އުރީދޫ، އާރް.އޯ.އެލް، ސެޓްލިންކް، އެން.ސީ.އައި.ޓީ އަދި މި ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން