ތިލަފުށިީގެ ފޭސް ދޭކުން ބިން ގަތް ފަރާތްތަކުން ފައިސާ ދެއްކުމަށް އެދި ގުޅަމުން ދާނެކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ތިލަފުށި ފޭސް 2 އޭރިއާގެ ބީގެ ބިން ހިއްކުމާއި އަތިރިމަރި ރައްކާތެރި ކުރުމުގެ ޕްރޮޖެކްޓްގެ 29 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

އެއާއެކު ބިން ގަންނަން އާންމުކޮށްފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކަން އަންގާފައިވާ ތާވަލާ އެއްގޮތަށް، "މައިލްސްޓޯން 1" ފުރިހަމަ ކުރެވިފައިވާތީ ބިން ގަނެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކާ ގުޅައިގެން "މައިލްސްޓޯން 1"ގެ ފައިސާ ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ތިލަފުށީގެ ފުރަތަމަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ކަނޑައަޅާފައިވާ ބިންތައް ވިއްކުމަށް ހުޅުވާާލީ މި މަހުގެ ދެވަނަ ދުވަހު އެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ފުޅިއަށް ގޭސް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން