ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ރިވެތި އަހްލާގާއި މަޑުމައިތިރި މިޒާޖު ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް، އަދުރޭ މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ޢަބުދުއްރަޙީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިއެއްގެ ފަރާތުން ރައްޔިތުން ދެކެން ބޭނުންވާނެ އެންމެ މުހިންމު ސިފަޔަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމުގެ މާތް ސިފަ ކަމަށެވެ. އަދި އެ ސިފަ ހަގީގީ މާނައިގައި ވެރިއެއްގެ ފަރާތުން ފެންނަން ފެށުމުން ރައްޔިތުންގެ ގަދަރާ އިހްތިރާމް އެ ވެރިއަކަށް ލިބެމުންދާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އަބުދުއްރަޙީމް ވިދާޅުވީ އޭރުން ރައްޔިތުންގެ ހުސްވުމެއް ނެތް ލޯބި ދާނީ އެ ވެރިޔަކަށް އޮހެމުން ކަމަށެވެ. އެ މަންޒަރު ވާދަވެރިންނަށް ފެނުމުން ހަސަދަވެރިކަން ހައްދު ފަހަނައަޅާދާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިއީ ދުނިޔެ ދައްކާ ހަގީގަތް. ފެންނަމުން މިދަނީ އެކަން. ރައީސް ޑރ. މުއިއްޒުގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިހްލާސްތެރިކަން އަދި ރިވެތި އަހްލާގާއި މަޑުމައިތިރި މިޒާޖު،" މިމަހު 28 ވަނަ ދުވަހު ހުވާކުރާ 20 ވަނަ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަަމަށް އިންތިހާބުވަޑަައިގެންފައިވާ ޢަބުދުއްރަޙީމް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބުދުއްރަޙީމް އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރާ އިންތިހާބީ މެންބަރެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިހާރު ވަނީ ހަމަސް ފުރިފައެވެ. ވޭތުވެ ދިޔަ ހަމަސްތެރޭގައި ވާސިލުވާން ސަރުކާރުން ކަނޑައެޅި އަމާޒުތައް ހާސިލްކޮށް ސަރުކާރުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ހޯދަައިދީ ސަރުކާރަށް އިތުބާރު އޮތްކަން ހާމަކޮށްދީފައެވެ.

ވެރިއެއްގެ ފަރާތުން ރައްޔިތުން ދެކެން ބޭނުންވާނެ އެންމެ މުހިންމު ސިފަޔަކީ ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ މާތް ސިފަ.އެ ސިފަ ހަގީގީ މާނައިގައި ވެރިއެއްގެ ފަރާތުން ފެންނަން ފެށުމުން ރައްޔިތުންގެ ގަދަރާ އިޙްތިރާމް އެ ވެރިއަކަށް ލިބެމުންދާނެ.ރައްޔިތުންގެ ހުސްވުމެއްނެތް ލޯބިދާނީ އެ… pic.twitter.com/4yulrKKtAS
— Abdul Raheem Abdulla (@Banafsaa) May 19, 2024
އަބުދުއްރަޙީމް ވިދާޅުވީ އޭރުން ރައްޔިތުންގެ ހުސްވުމެއް ނެތް ލޯބި ދާނީ އެ ވެރިޔަކަށް އޮހެމުން ކަމަށެވެ. އެ މަންޒަރު ވާދަވެރިންނަށް ފެނުމުން ހަސަދަވެރިކަން ހައްދު ފަހަނައަޅާދާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިއީ ދުނިޔެ ދައްކާ ހަގީގަތް. ފެންނަމުން މިދަނީ އެކަން. ރައީސް ޑރ. މުއިއްޒުގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިހްލާސްތެރިކަން އަދި ރިވެތި އަހްލާގާއި މަޑުމައިތިރި މިޒާޖު،" މިމަހު 28 ވަނަ ދުވަހު ހުވާކުރާ 20 ވަނަ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަަމަށް އިންތިހާބުވަޑަައިގެންފައިވާ ޢަބުދުއްރަޙީމް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބުދުއްރަޙީމް އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރާ އިންތިހާބީ މެންބަރެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިހާރު ވަނީ ހަމަސް ފުރިފައެވެ. ވޭތުވެ ދިޔަ ހަމަސްތެރޭގައި ވާސިލުވާން ސަރުކާރުން ކަނޑައެޅި އަމާޒުތައް ހާސިލްކޮށް ސަރުކާރުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ހޯދަައިދީ ސަރުކާރަށް އިތުބާރު އޮތްކަން ހާމަކޮށްދީފައެވެ.
ކިޔުންތެރިންގެ ހިޔާލު