ޣައްޒާގައި ހިންގަމުންދަނީ ނަސްލުނައްތާލުމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވީ އެމެރިކާގެ ޔަހޫދީ ތަރިކަ އާއި ބެހޭ މަސް ފާހަގަ ކުރަން ވައިޓް ހައުސްގައި ބޭއްވި ހަފްލާއެއްގައި 7 އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ބައިޑެންގެ މި ވާހަކަ އަމާޒުކުރަށްވާފައި މިވަނީ ސައުތް އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައި.ސީ.ޖޭގައަށް ހުށައަޅާފައިވާ މައްސަލައަށެވެ.

ބައިނަލަޤްވާމީ ކުރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް ޚާން އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ޑިފެންސް މިނިސްޓަރ ޔޯއަވް ގަލާންޓް ހައްޔަރު ކުރަން ހުށައެޅުމާއި ގުޅިގެން ބައިޑެން ވިދާޅުވީ ހަމާސް އާއި އިސްރާއީލާއި ހަމަ ހަމައެއް ނުވާނޭ ކަމަށެވެ. އަދި އިސްރާއީލަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 35000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޙަފީޒާ

15-Jun-2024

ނަސްލުނައްތާލުންނޫން ދެން ކޮންކަމެއް އެކުރަނީ ވާނުވާގަހުންނަ ރައީސް ދައްކާ ވާހަކަދެއްތޯ އެންވެއްޖެއްޔާ އެއީ އޯގާތެރިކަންތަ ލޯބިން ފިރުމަނީތަ ކުށެއް ނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުންގެ ގައިގާފިރުމަނީޓްރެންޑިން