މާލޭގައި މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ،
ރޭ ދެ މީހަކު މާލޭގެ މަގެއްގެ މަތީގައި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެސް ވެފައެވެ. އަދި އެ ދެ މީހުން ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އަޑުވެސް އެ ވީޑިއޯއިން އިވެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މީގެ ދެ ދުވަސް ކުރިން ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު