ދިރާސީ އާ އަހަރު އާ އަޒުމަކާއެކު އިތުުރު ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމަށް އެދި ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހިތްވަރުދެއްވައިފި އެވެ.
މިއަދު ފެށި ދިރާސީ އާ އަހަރާ ގުޅިގެން ނާއިބު ރައީސް ވަނީ ދަރިވަރުންނަށާއި، މުދައްރިސުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
އަދި އައު އަޒުމަކާއެކު އިތުރު ކުރިއެރުން ޙާސިލް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވައި ވިދާޅުވީ ސްކޫލާއި، ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލު ކަަމަށެވެ.
އެހެންކަމުން ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ނާއިބު ރައީސް އިލްތިމާސް ކުރެއްވި އެވެ.
"މި ދިރާސީ އައު އަހަރަކީ ހުރިހާ ގޮތަކުންވެސް ފަހި އަހަރެއް ކަމުގައި ލައްވާށި. އާމީން!" އެމަނިކުފާނު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބަށް ބަލާލާއިރު މި އަހަރު 96،000 ދަރިވަރުން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާނެ އެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.
މި ދިރާސީ އާ އަހަރު ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ. އަދި، އަމިއްލަ މަދަރުސާތަކުގައި 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ.
މި ފަހަރު މާލޭ ސަރަހައްދުން އެކަނިވެސް ގްރޭޑް އެކަކަށް 2،250 ދަރިވަރުން އަލަށް ސްކޫލަށް ވަދެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު