ދަތުރުކުރި ގަތަރު އެއާވޭސްގެ މަތިންދާ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި 12 މީހުންނަށް އަނިޔާ ވެއްޖެއެވެ.

ގަތަރުގެ ވެރިރަށް ދޯހާއިން އަޔަރލެންޑްގެ ޑަބްލިންއަށް ބޯޓު ދަތުރު ކުރަމުންދިޔަ އިރު ގަދަ ކޮޅުގަނޑެއްގައި ޖެހިފައިވަނީ ތުރުކީ މަތިންނެވެ. މި ބޯޓު ވަނީ ސަލާމަތާއިއެކު ޑަބްލިންގައި ޖައްސާފައެވެ.

ގަތަރު އެއާވޭސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަނިޔާވެފައިވަނީ 6 ފަސިންޖަރުންނާއި 6 ކްރޫންނަށް ކަމަށެވެ. އަނިޔާ ލިބިފައިވާ ފަރާތްތަކަށް ފަރުވާ ދެމުން ގެންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކަކީ ފުރާނައަށް ނުރައްކާ ނުވާ ކުޑަ އަނިޔާތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ގަތަރު އެއާވޭސްއިން އެތެރޭގެ ތަހުގީގެއް ވަނީ ފައްޓާފައެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރިން ސިންގަޕޯރ އެއާރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި އިނގެރޭސިވިލާތުގެ މީހަކު ވަނީ މަރުވެފައެވެ. އެ ހާދިސާގައި 33 މީހުންނަށް އެކިވަރުގެ އަނިޔާވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން