ތ. ގުރައިދޫގައި ކުރިން ބޭނުން ކުރުމުން ދިޔަ ޑިސްޓްރިބިއުޝަން ޕެނަލް އަޕްގްރޭޑްކޮށް ނިންމައި ރަަށަށް ކަރަންޓު ދީފިއެވެ.

މި ޑިސްޓްރިިބިއުޝަން ޕެނަލަކީ ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު ދިނުމަށް ބޭނުންކުރާ ޕެނަލެކެވެ. ގުރައިދޫގައި ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ މަސައްކަތަކީ އިއާދަކުރަނިވި ހަކަތައިގެ ދަށުން ކަރަންޓް ދޫކުރުމަށް ހިންގާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް، ޕޮއިސްޑް ގެ ދަށުން ކުރިއަށްދާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު ދިނުމަށް ކުރިން ބޭނުން ކުރުމުން ދިޔަ ޑިސްޓްރިބިއުޝަން ޕެނަލް އަޕްގްރޭޑްކޮށް، 8000 އެމްޕައަރުގެ ލޯ ވޯލްޓޭޖް ޑިސްޓްރިބިއުޝަން ޕެނަލް އިންސްޓޯލްކޮށް މިހާރު މުޅި ރަށަށް ކަރަންޓު ދީފައިވާކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.



އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީގެ އެހީގެ ދަށުން ހިންގާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް، ޕޮއިސްޑް މި ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ދަނީ ރަށްރަށުގައި ސޯލާ ޕެނަލް ހަރުކުރުމާއި، ކަރަންޓް ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިމަޝްރޫޢުއަކީ ކަރަންޓުގެ ޚަރަދު ކުޑަކުރުމާއި، ޖައްވަށް ބޭރުކުރާ ދުމުގެ ބައި ކުޑަކޮށް ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ހިންގާ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން