17 އަހަރުގެ ކުއްޖަކު ސައިކަލު ދުއްވަނިކޮށް ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންނަށް އިންޒާރުދިން މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މިކަން ހިނގާފައިވަނީ ކ. ގުރައިދޫގައެވެ. މިހާރު އާންމު ވެފައިވާ ވީޑިއޯގައި ފެންނަގޮތުގައި 17 އަހަރުގެ ކުއްޖާ ސައިކަލު ދުއްވުމުން އޭނާ ހުއްޓުވާ ސުވާލުކުރަން އުޅުމުން އޭނާ ވަނީ ފުލުހުންނަށް އިންޒާރު ދީފައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، ސައިކަލު ހުއްޓުވާ މައުލޫމާތު ސާފުކުރަން އުޅުމުން އޭނާ ފުލުހުންނަށް އިންޒާރު ދީފައިވާކަމަށެވެ. އެހެންކަމުން ޕޮލިސް ސްޓޭޝަނަށް އޭނާ ގެންގޮސް ބެލެނިވެރިޔާގެ ހާޒިރުގައި ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނުތަކުގައި އޮންނަގޮތުން އެއްގަމުގައި ދުއްވާ އެފަދަ އުޅަނދުތައް ދުއްވޭނީ 18 އަހަރު ފުރުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޝާން

22-Jun-2024

18 ގެ ބަދަލުގައި 15 އަށް ތިރިކުރަންފެނޭ، ޤާނޫނަށް ބަދަލުގެނެސްގެން!



ޓްރެންޑިން