ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާރިޖީ ސިޔާސަތާއިމެދު ޑރ. ޖަމީލްގެ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިންނެވުމަކީ އެތައްބައެއްގެ ސަމާލުކަން އެމަނިކުފާނަށް ހުއްޓިގެންދިޔަކަމެވެ.

މި ދަތުރުފުޅުން ފެނިގެންދަނީ ރައީސްގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަކަން ކަމަށް ސަރުކާރަށް ތާއިދު ކުރާ ގިނަބަޔަކު ބުނަމުންދަނިކޮށް، ކުރީގެ ނައިބުރައިސް މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވަނީ ރައީސް މުޢިއްޒު އަތުގައި ދެކޮޅުޖެހޭ ހާރިޖީ ސިޔާސަތެއް ނެތްކަމަށާއި އޮތީ އުނބަށްޖެހުން ކަމަށް ވިދާޅުވެފައެވެ.

އަދި އެއަށްފަހު ޖަމީލްވަނީ ރައީސްގެ ހާރިޖީ ސިޔާސަތާއިމެދު ބައެއް ސުވާލުތައް އުފައްދަވާފައެވެ. ޖަމީލް ވަނީ، "މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ކޮބައިތޯއާއި ބޭރުގެ ފަރާތްތަކަށް ހުރަސް ނުކުރެވޭނެކަމަށް ވިދާޅުވި ރަތް ރޮނގު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

އޭގެ އިތުރުން އިންޑިއާއަށް ރާއްޖެއަށް ހަނގާ ނުކުރެވޭނެކަމަށް ވިދާޅުވީ ކޮން ނިޔަތެއްގައިތޯ ވެސް ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވި ނަމަވެސް، ރައީސްގެ އެ ސިޔާސަތުގައި ދެކޮޅުނުޖެހެނީ ކޮންކަމެއްތޯއެއް ޖަމީލް ވިދާޅުވެފައެއް ނުވެއެވެ. އިންޑިއާ އަކީ ޒަމާނުއްސުރެން ރާއްޖެއާއި އެއްމެގާތް ގުޅުމެއް އޮންނަ އަދި މުހިއްމު ދަނޑިވަޅުތަކުގައި ރާއްޖެއަށް އެއްމެ ބޮޑު އެހީތެރިކަމެއް ވެސް ފޯރުކޮށްދެމުންދާ ގައުމެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން