މީހުން ރަހީނުކޮށް ފޭރޭ މައްސަލައިގައި ހައްޔަރުކުރި ދެމަފިރިންގެ ބަންދަށް 15 ދުވަސްޖަހައިފިއެވެ.
އެ މައްސަލައިގައި 39 އަހަރުގެ ދިވެހި އަންހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. މި ދެ މީހުންނަކީ ވެސް މެދުރާއްޖެތެރެއަށް ނިސްބަތްވާ އެއްރަށެއްގެ ދެމީހުންނެެވެ.
މިމައްސަލައިގައި ފުރަތަމަ ޖެހީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް އަދި އަންހެން މީހާގެ ބަންދަށް 10 ދުވަހެވެ.
އަންހެން މީހާގެ ބަންދު މުއްދަތު ހަމަވެގެން އިތުރު 15 ދުވަސް ކޯޓުން ދިނީ މިދިޔަ ބުދަ ދުވަހުގައެވެ. ފިރިހެން މީހާގެ ބަންދު މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވެސް ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ.
މި ދެމީހުންގެ މައްސަލާގައި ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ އެ މީހާ ރަހީނު ކޮށްގެން ގެންގުޅުނު ހ. ހޯގުޅާ މަންޒިލް ގެއިން ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މީހަކު ރަހީނުކޮށްގެން އުޅޭތީ، ފުލުހުން އެ ގެއަށް ދިއުމުން އެ ގޭގެ ފްލޯއަކުން ފޭބި ވަގުތުގައި ކަމަށް އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ މައްސަލާގައި ހިމެނޭ ފިރިހެން މީހާ ވެސް ހައްޔަރު ކޮށްފައިވަނީ ރަހީނު ކުރުމުގައި އޭނާ ޝާމިލްވާ ކަމަށް ފުލުހުންނަށް އެނގުމުން އެ ގެ ކައިރިން ކަމަށެވެ.
ރަހީނު ކުރުމުގެ ހާދިސާ ހިނގި ތަނުގައި ލަކުޑި ބުރިތަކާއި ދަނޑިބުރިތަކެއް ހުރި ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ

ކިޔުންތެރިންގެ ހިޔާލު