އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ދައުލަތުގެ މީޑިއާއިން މިއަދު ކުރިއަށް ގެންދާ ޓެލެތޯންއާ ގުޅިގެން މާލޭގައި 13 ފަންޑު ފޮށި ބަހައްޓައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވި މި ޓެލެތޯން ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޓެލެތޯން މިއަދު ހެނދުނު އަށަކުން މިރޭ 12 އަށް ކުރިއަށް ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެހީ އެއްކުރުމަށް މާލޭ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާނެ ކަމަށެވެ.
އަދި ރާއްޖޭގެ އެކި ރަށްރަށުގައި ކައުންސިލް ފެންވަރުގައި އެ ރަށްރަށުގެ ޖަމިއްޔާތަކާ ގުޅިގެންވެސް ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ޒީނާ ވިދާޅުވި އެވެ.
"ސަރުކާރުގެ މިނިސްޓްރީތަކުން މިނިސްޓްރީ ލެވަލްގައި އަދި ސަރުކާުރުގެ ކުންފުނިތަކުން ކުންފުނިތަކުގެ ލެވަލްގައި ހަމަ ވަރަށް ބޮޑަށް މަަސައްކަތްކުރޭ މި ޓެލެތޯނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް." ޒީނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު