ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ ކަޔާލީ ސެންޓު ކުންފުނިން ދިވެހިރާއްޖެ މަތިން ހަނދާންކޮށްދޭ ރާއްޖޭގެ ވަސް ހިމެނޭ ސެންޓެއް ތައާރަފް ކޮށްފިއެވެ.
ކަޔާލީގެ ”މޯލްޑިވްސް އިން އަ ބޮޓްލް ޔައިލަންގް ކޮކޯ“ ނަމަކަށް ކިޔާ މި ސެންޓު މިހާރު ވަނީ ބާޒާރަށް ނެރެފައެވެ. މި ސެންޓު ތައާރަފްކޮށްދެމުން، ރާއްޖެއަށް އަންނަހިތުން ކެތް މަދުވެފައިވާ އަދި ރާއްޖޭގެ ވަހަށް ލޯބިކުރާ ކޮންމެ ފަރާތަކަށްވެސް މި ސެންޓު ކަމުދާނޭ ކަމަށް ކަޔާލީ ކުންފުނީގެ ކޯފައުންޑަރ މޯނާ ބުނެފައިވެއެވެ.
ކަޔާލީގެ މޯލްޑިވްސް އިން އަ ބޮޓްލް ސެންޓު ހިމެނޭ ސެޓަކީ ޗުއްޓީހޭދަކޮށްލެވޭ ހަތަރު ސަރަހައްދެއް މަތިން ހަނދާންކޮށްދޭ ކުދި ހަތަރު ސެންޓުފުޅި ހިމެނޭ ސެޓެކެވެ. މި ސެޓުގައި މޯލްޑިވްސް އިން އަ ބޮޓްލް ޔައިލަންގް ކޮކޯގެ އިތުރުން، މައުއީ އިން އަ ބޮޓްލް ސްވީޓް ބަނާނާ، ކެޕްރީ އިން އަ ބޮޓްލް ލެމަން ޝުގަރ، އަދި މަރަކޭޝް އިން އަ ބޮޓްލް އޮރެންޖު ބްލޮަސޮމް ހިމެނެއެވެ.
މި ސެޓު ތައާރަފްކުރީ 2024 ވަނަ އަހަރުއެވެ. މިސެޓްގައި ހިމެނޭ ސެންޓުތަކުގައި، ރޮޒްމެރީ، ލެމަން؛ ދޮންކެޔޮ، ޔިލަންގް-އިލަންގް؛ އަދި ކާށިކިރުގެ ވަސް ހިމެނެއެވެ.
އަންހެނުންނާއި ފިރިހެނުންނަށްވެސް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ މި ސެޓު ރާއްޖޭގެ ބާޒާރަށް އަދި އައިސްފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ކަޔާލީ ބްރޭންޑުގެ ސެންޓަށް ދިވެހިންގެ ތެރޭގައި އޮންނަ ޑިމާންޑުގެ ބޮޑު ކަމުން ވަރަށް އަވަހަށް ކަޔާލީގެ މި މިނީ ސެންޓު ސެޓުވެސް ރާއްޖެއިން ލިބޭނެ ކަމަށް ބެލެވެއެވެ.

@monakattan So you want to smell like the Maldives? 🇲🇻🩵🥥✨ 🔑 notes in our Maldives in a Bottle Ylang Coco | 20 are: ✨Rosemary ✨Wild Lemon ✨Starfruit ✨Banana Blossom ✨Ylang-Ylang ✨Coconut Milk Outfit details 🩵 @tiffanyandco #yourpassporttoparadise #vacayinabottle #maldivesinabottle #MonaKattan #KAYALI #Scentgasm #SOTD #tiktoksalon
♬ original sound - Mona Monica Kattan🧸
ކަޔާލީގެ މޯލްޑިވްސް އިން އަ ބޮޓްލް ސެންޓު ހިމެނޭ ސެޓަކީ ޗުއްޓީހޭދަކޮށްލެވޭ ހަތަރު ސަރަހައްދެއް މަތިން ހަނދާންކޮށްދޭ ކުދި ހަތަރު ސެންޓުފުޅި ހިމެނޭ ސެޓެކެވެ. މި ސެޓުގައި މޯލްޑިވްސް އިން އަ ބޮޓްލް ޔައިލަންގް ކޮކޯގެ އިތުރުން، މައުއީ އިން އަ ބޮޓްލް ސްވީޓް ބަނާނާ، ކެޕްރީ އިން އަ ބޮޓްލް ލެމަން ޝުގަރ، އަދި މަރަކޭޝް އިން އަ ބޮޓްލް އޮރެންޖު ބްލޮަސޮމް ހިމެނެއެވެ.
މި ސެޓު ތައާރަފްކުރީ 2024 ވަނަ އަހަރުއެވެ. މިސެޓްގައި ހިމެނޭ ސެންޓުތަކުގައި، ރޮޒްމެރީ، ލެމަން؛ ދޮންކެޔޮ، ޔިލަންގް-އިލަންގް؛ އަދި ކާށިކިރުގެ ވަސް ހިމެނެއެވެ.
އަންހެނުންނާއި ފިރިހެނުންނަށްވެސް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ މި ސެޓު ރާއްޖޭގެ ބާޒާރަށް އަދި އައިސްފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ކަޔާލީ ބްރޭންޑުގެ ސެންޓަށް ދިވެހިންގެ ތެރޭގައި އޮންނަ ޑިމާންޑުގެ ބޮޑު ކަމުން ވަރަށް އަވަހަށް ކަޔާލީގެ މި މިނީ ސެންޓު ސެޓުވެސް ރާއްޖެއިން ލިބޭނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު