ސޯޝަލް މީޑިއާގައި ބ. ކަމަދޫގެ ކަނބަލުންނާ ފޮށެމުންދާ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަޟުހާ އީދު ފާހަަގަ ކުރުމަށް ކަމަދޫގައި ބޭއްވި ހަރަކާތްތަކުން ގިނަ ބަޔަކަށް ކަމަދޫގެ ކަނބަލުންގެ ރީތިކަން ފާހަގަ ކުރެވި އެ ވާހަކަތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.
އަދި އޭގެ ތެރެއިން ބައެއް ކަނބަލުންގެ ފޮޓޯތަކާއި އެ ކަނބަލުން ފޭސްބުކް އައިޑީއަށް ދަންދެން ބައެއް ފިރިހެނުން ދަނީ ހިއްސާ ކުރަމުން ނެވެ.
އާޒިމާ ފޭސްބުކްގައި ވިދާޅުވީ އެ ރީތި އަންހެން ކުދިން ކުރިހާވެސް ކަމަކީ ރަށުގެ ކުދިބޮޑު، އަންހެން، ފިރިހެން، އެންމެން އެކުގައި ކުރި ކަމެއްގައި ބައިވެރިވުން އެކަނި ކަމަށެވެ.
އަދި އެ ކުދިން ހުނި ޖަހާ ލައިގެން ފޮޓޯ ޝެއާކޮށްފަ އެކި ފާޑުގެ ސްޓޭޓަސް ޖަހާއިރު އެ ކުދިން ކުރި ކަމަކީ ރީތި ވުމާއި އަންހެނަކަށް ވުން ކަމަށް އާޒިމާ ވިދާޅުވިއެވެ.
އެހެންކަމުން މިއީ ފޮށުން ނޫން ކޮން ކަމެއްތޯއޭ ވިދާޅުވެ އާޒިމާ ސުވާލު ކުރެއްވި އެވެ. އަދި މިއީ ޖިންސީ ފުރައްސާ ކުރުން ކަމަށް ވެސް އާޒިމާ ސިފަ ކުރެއްވި އެވެ.
އާޒިމާ ވިދާޅުވީ ވަރަށް ހަރުދަނާ ކަަމަށް ހީކުރި މީހުންގެ ކިބައިންވެސް އެފަދަ ސްޓޭޓަސްތައް ފެންނަމުންދާ ކަމަށެވެ.
"ރީތިވީމަ، ނޫނީ ނަށަން ނިކުތީމަ ފޮށެވެނީއޭ ބުނާށެވެ. ރޭޕް ކުރަނީ ރޭގަނޑު ބޭރަށް ދާތީ އޭ ވެސް ބުނަނީތާ އެވެ. އީދު ކުޅިވަރުގައި އެތައް ފިރިހެނުންނެއް ބައިވެރިވެ އެވެ. އެކަމަކު އެ މީހުންނަކާ މި ބީދައިން ނޮފެށެ އެވެ. އަތުގައި އޮންނަނީ އެންމެ ފަހުގެ ފޯނެވެ. ރާއްޖެ ތަރައްގީ ކުރެވޭނީ ސިންގަޕޫރު އަދި ޖަޕާން ފެންވަރަށެވެ. އެކަމަކު ސިކުނޑީގައި ތަހުޒީބު ކަމެއް ވިސްނުމުގައި އަހުލާގެއް ނެތެވެ. މިއީ އަޅުގަނޑަށް ފެނުނު ތަނެވެ." އާޒިމާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު