އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް
ގުރައިދޫ މަރުކަޒަކީ ފަރުވާއަށް ޚާއްސަ ތަނަކަށް މިހާރު ދަނީ ބަދަލުވަމުން ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މާލެ އަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާމެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވަމުންދާ ކަމަށެވެ.

އެގޮތުން ގުރައިދޫ މަރުކަޒަކީ ފަރުވާއަށް ޚާއްސަ ތަނަކަށް މިހާރު ބަދަލުވަމުންދާ ކަމަށާއި އެއީ ކޮންމެ ފަދަ މައްސަލައަކާއެކު އަންނަ ފަރާތެއް ނަމަވެސް އެތަނުން ފަރުވާ ލިބިގަތުމަށްފަހު އަނބުރާ ޢާއިލާއިން ޙަވާލުވާންޖެހޭ ފަދަ ގޮތަކަށް މަރުކަޒުގެ ކަންކަން ބައްޓަންވެފައިވާ ކަމަށް ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގުރައިދޫ މަރުކަޒަކީ ދާއިމީކޮށް މީހުން ތިބެން އަންނަ ހިޔާވައްސެއްގެ ގޮތުގައި ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށެވެ. އަދި އެމީހަކު އެތަނުގައި ހޭދަކުރާ މުއްދަތުގައި އަލުން އަނބުރާ މުޖުތަމަޢަށް ދާން އަހުލުވެރިކުރުވާ ޕްރޮގްރާމްތައްވެސް މަރުކަޒުގައި ހިންގަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޢައިޝަތު އިތުރަށް ވިދާޅުވީ ގުރައިދޫ މަރުކަޒަށް އަންނަ ކޮންމެ މީހަކީ ވަކި މުއްދަތަކަށް އަންނަ މީހެއްކަން މުޖުތަމަޢުން މިހާރު ޤަބޫލުކުރާ ކަމަށެވެ.

“އެތަނާމެދު ދެކޭގޮތް އަޅުގަނޑުމެން ބަދަލުކޮށްފިން. މަރުކަޒަށް އަންނަ ކޮންމެ މީހަކީ ވަކި މުއްދަތަކަށް އަންނަ މީހެއް.” ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ގުރައިދޫގައި ހުންނަ މަރުކަޒަކީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒެއް ނަމަވެސް، އާއިލާއިން ޙަވާލުވާނެ މީހެއް ނެތް ދޮށީ އުމުރުގެ އެތައް ބަޔަކު އެ މަރުކަޒުގައި ތިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން