ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގައި ހުކުމް ތަންފީޒުކުރަމުންދިޔަ 400 އަށްވުރެ ގިނަ ކުށްވެރިން މިދިޔަ އަހަރު ދޫކޮށްލާފައިވާކަން ހާމަވެއްޖެއެެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހާއި ހަމައަށް 434 ކުށްވެރިޔަކު ދޫކޮށްލާފައިވާ ކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި އޭގެތެރޭގައި ހުކުމަށް ނުވަތަ ބަންދަށް ލުއި ދިނުމަށްފަހު ދޫކޮށްލާފައިވާ މީހުންގެ ތެރޭގައި ކްލެމެންސީއާ އަފްއާމުގެ ދަށުން ދޫކޮށްލާފައިވާ މީހުންނާއި ޕެރޯލްގެ ދަށުން ދޫކޮށްލާފައިވާ މީހުންނާއި ގޭބަންދަށް ބަދަލުކޮށްފައިވާ މީހުން ވެސް ހިމެނެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކްލެމެންސީއާއި އަފުއާމުގެ ދަށުން 290 މީހަކު ދޫކޮށްލާފައިވާ ކަމަށެވެެ. މީގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުން ކަން ފާހަގަކުރެވެއެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބި 249 މީހަކަށް މައާފުދީ ދޫކޮށްލާފައިވާކަމަށް ދާޚީލީ ސަލާމަތާބެހޭ ވުޒާރާ އިން ބުނެއެެވެ.

ދާޚީލީ ސަލާމަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ކްލެމެންސީއާއި އަފުއާމުގެ ދަށުން ދޫކޮށްލި މީހުންގެ ތެރޭގައި މާރާމާރީއާއި ބިރުދެއްކުމާއި ގަސްތުގައި މީހުން މަރާލުމާއި ޓެރަރިޒަމް ފަދަ ނުރައްކާތެރި ކުށްތަކުގައި ބަންދުކޮށްފައި ތިބި 16 މީހަކުވެސް ހިމެނެއެވެ. އަދި ފައިސާއާ ގުޅޭ އެކި ކުށްތަކުގައި ބަންދުކޮށްފައި ތިބި 21 މީހަކަށް މައާފު ދީފައިވާއިރު ޖިންސީ ކުށްތަކުގައި ބަންދުކޮށްފައި ތިބި 3 މީހަކަށްވެސް މައާފު ދީފައިވާ ކަމަށް އެވުޒާރާ އިން ހާމަކުރެއެވެ.

މީގެ އިތުރުން ބަންދުގައި ތިއްބާ 91 މީހަކު ގޭބަންދަށް ބަދަލުކުރި ކަމަށްވެސް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގެއެެވެ. މީގެ ތެރޭގައިވެސް ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުގައި ތިބި މީހުންނެވެ.

އެގޮތުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުގައި ތިބި 36 މީހަކު ގޭބަންދަށް ބަދަލުކޮށްފައިވާއިރު ޖިންސީ ކުށްތަކުގައި ބަންދުގައި ތިބި 22 މީހަކާއި ނުރައްކާތެރި ކުށްތަކުގައި ބަންދުގައި ތިބި 7 މީހަކާއި ފައިސާއާ ގުޅޭ އެކި ކުށްތަކުގައި ބަންދުގައި ތިބި 19 މީހަކު އަދި ފޯޖަރީއާއި ޖަލުން ފިލުމާއި މަދަނީ ނުވަތަ އާއިލީ މައްސަލަތަކުގެ ހުކުމަށް އަމަލުނުކުރުމާއި ހުއްދަ ނޫންތަންތަނަށް ވަނުމުގެ ކުށުގައި ބަންދުގައި ތިބި 7 މީހަކުވެސް ގޭބަންދަށް ބަދަލުކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ސަރުކާރުން މި ތަފާސް ހިސާބުތައް ހާމަކުރިއިރު ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ކުށްކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން [ކުރީ ސަރުކާރުން] ކުށްވެރިންތަކެއް ޖަލުތަކުން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ. ޝިފާން ވިދާޅުވީ ކުށްވެރިން މުޖުތަމައަށް ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށެެވެ.

ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ނުވާތީ، މި މައްސަލަ ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާން ފާހަގަކުރެއްވި އެވެ.މާޒީއަށް ބަލާއިރު ކުރީގަ ސަރުކާރު ހިންގި ކޮންމެރައީސަކު ވެސް ވަނީ އެކިފަހަރު މަތިން ގިނަކުށްވެރިން ތަކަކަށް މާފުދީ މިނިވަން ކޮށްފައެވެ މިހާރު ހިނގަމުންދާ ސަރުކާރުން ވެސް ގިނަބަޔަކަށް މާފުދީ މިނިވަން ކޮށްފައިވާކާމާށް އިދިކޮޅުން ބުނަމުންދެއެވެ


ކިޔުންތެރިންގެ ހިޔާލު


0

ފައުޖީ

22-Jun-2024

ތިވިދާޅުވީ ހަމަ ހަޤިޤަތެއް. އެންެންނަށް އެނގޭ ކަމެއް. ދެންތާހިރު ވާނީ މިސާރުކާރުން ވެސް ހަމަ މިކަނަތަށް ތަށް ތަކުރާރު ކުރާން ފެށީމާ.......


0

އަޑުސަރަކަ

22-Jun-2024

ކޮބާ ސަލަފު؟



ޓްރެންޑިން