ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙާއި ގުޅޭ ގޮތުން ފަތުރަމުން ގެންދަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި މިކަން ބަޔާންކޮށް، މެންބަރު އިބްރާހީމް ފަލާޙުގެ އަބުރުފުޅަށް އަރައިގަނެ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ސޯޝަލް މީޑީއާގައި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

"ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙު ނޫންކަން މީގެ 2 އަހަރު ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރުކޮށްދީފަ." ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އާންމު ކުރި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕީޕީއެމް ޕީއެންސީ ބަޔާނުގައި، މެންބަރު އިބްރާހީމް ފަލާޙުގެ ފޮޓޯއާއެކު ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު އެންމެ ފުރަތަމަ ފަތުރާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ އެކްސް އެކައުންޓަކުންކަން ހާމަކޮށްފައިވެއެވެ.

އަދި މިނޫންވެސް އިތުރު ފަރާތްތަކުން މި ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ގެންދާކަން ފާހަގަކޮށް، މިފަދަ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން