ރާއްޖެ ހަލާކުކުރީ އެމްޑީޕީން ކަމަށާއި އެޕާޓީގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ބަލަންޖެހޭ ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެެ.
ޕީއެންއެފް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ވިދާޅުވީ، ވެރިކަމަށް އަައުމުގެ ކުރިން ކުރީގެ ރައީސް ސޯލިހް ސަރުކާރުން ހިންގި ކޮރަޕްޝަނުގެ ވާހަކަ ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެމައްސަލަތައް ބަލައި ނުވަތަ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާ ތަން ނުފެންނަ ކަމަށް ޔާމިން ވިދާޅުވިއެވެ.
ޔާމިން ވިދާޅުވީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުން ގެއްލުނު ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އަދި ސަރުކާރު ހިންގަން މަދުވެގެން އުޅޭ ފައިސާ ހޯދުމަށްޓަކައި ވެސް އެކަންކަން ބަލަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކަކީ ރާއްޖޭގެ ރައީސަކު ޒިންމާދާރު ކަމާއި އެކީ ގައުމު ހިންގާ ކަމަށް ވާނަމަ ބަލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ އެ މައްސަލަތައް ބަލަން ޔާމިން ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ ރާއްޖެ ހަލާކުކުރީ އެމްޑީޕީން ކަމަށާއި އެޕާޓީއަށް ތާއިދުކޮށް އެޕާޓީގެ ފަހަތަށް އަރައިވަޑައިނުގަންނަވާނެ ކަމަށެވެ. ޔާމިން ވިދާޅުވީ ޕީއެންއެފަކީ އެމްޑީޕީ ފިކުރުގެ ބައެއް ނޫން ކަމަށާއި އިންތިހާބެއް ގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ ކަމަށެވެ.
ޔާމިން ވިދާޅުވީ އެމަނިކުފާނު ފަސް އަހަރު ޖަލުގައި ބެހެއްޓީ އެމްޑީޕީ ސަރުކާރުން ކަމަށާއި އެމަނިކުފާނުގެ ކިބައިން އިންތިހާބީ ހައްގު ނިގުޅައިތީ ވެސް އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ. އެފަދަ ބަޔަކަށް އެމަނިކުފާނު ތާއީދު ކުރަން ޖެހޭ ސަބަބެއް އެބައޮތްތޯ ވެސް ޔާމިން ވަނީ ސުވާލު ކުރައްވާފައެވެ. ޔާމިން ވިދާޅުވީ އެމްޑީޕީވެސް މިއަދު ނެތް ކަމަށެވެ.
"އެމްޑީޕީ އަކީ އެކްސްޕަޔާޑް ޕްރޮޑަކްޓެެއް. އެމްޑީޕީ ދެއްތޯ މިތަނުގެ މުޅި އަޚުލާގު ނަގާލި ބަޔަކީ،" ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު