މާލެ އަތޮޅު ދިއްފުށީގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މިޔަރެއް ހަމަލާ ދިން ޒުވާނާ ސާޖަރީއެއް ހަދައިފި އެވެ.

އިއްޔެ މެންދުރު ހިނގި އެ ހާދިސާގައި މިޔަރު ދަތްއެޅީ އެ ޒުވާނާގެ އަތުގަ އެވެ.

އެ އަނިޔާތަކާ ގުޅިގެން އެޒުވާނާއަށް އިތުރު ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް އިއްޔެ ވަނީ ގެނަސްފައެވެ.

ދިއްފުއްޓަށް ނިސްބަތްވާ އެ ޒުވާނާގެ ބައްޕަ "ރަސް"އަށް މައުލޫމާތު ދެމުން ބުނީ ދަރިފުޅުގެ އަތުގެ ހަންގަނޑު ވަރަށް ބޮޑަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ ރޭ ސާޖަރީއެއް ހަދައިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.

ދިއްފުށީ ޒުވާނަކަށް މިޔަރެއް ޙަމަލާ ދިންއިރު އެމްއެންޑީއެފްގެ ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް ލ. މާވަށް ކައިރިއަށް މޫދަށް އެރި އުޅެނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ސިފައިންގެ މީހަކު ވަނީ ނިޔާވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން