ޒަހީނުއްދީން ސަޢީދު   19 އޯގަސްޓު 2020 - 4:0
މާލީގެ ރައީސް އިބްރާހިމް ބޮބާކާ: ސިފައިން ބަޣާވަތްކޮށް އެމަނިކުފާނުގެ ސަރުކާރު ވަނީ ވައްޓާލާފަ
މާލީގެ ރައީސް އިބްރާހިމް ބޮބާކާ: ސިފައިން ބަޣާވަތްކޮށް އެމަނިކުފާނުގެ ސަރުކާރު ވަނީ ވައްޓާލާފަ
އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގައި ސިފައިން ބަޣާވާތްކޮށް ރައީސް އިބްރާހިމް ބޮބާކާ އާއި ބޮޑުވަޒީރު ސޮއުމޭލޯ ބޮބޭޔާ މިއަދު ހައްޔަރުކޮށްފިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މާލީގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ފިނޭންސް މިނިސްޓަރާއި ފޮރިން މިނިސްޓަރު ވެސް މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ސަރުކާރު ދިފާއު ކުރަން ނިކުތް ވަރަށް ގިނަ އަދަދެއްގެ ސިފައިން ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓް ތައް ބުނެ އެވެ. މާލީގައި އިދިކޮޅު ފަރާތްތަކުން ރައީސް އިބްރާހިމް ބޮބާކާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަތާ މިހާރު ވަނީ ވަރަށް ގިނަ ދުވަސްވެފައެވެ.

އާއްމުން މުޒާހަރާ އަށް ނުކުތީ ގައުމުގެ އިޤުތިޞާދު ދަށަށް ގޮސް، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރު ވުމުންނާއި ހަނގުރާމަވެރިންގެ ބާރުގަދަވެ، ނުރައްކާ ބޮޑުވަމުން އަންނާތީ ކަމަށް ބުނެ އެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ފެށީ މިދިޔަ ޖޫން މަހުއެވެ. ޖޫން މަހުން ފެށިގެން ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

މާލީގެ ވެރިރަށް ބަމާކޯގެ އިންޑިޕެންޑެންސް ސްކެއާ އަށް އިދިކޮޅު ސަޕޯޓަރުން އެއްވެ، މިހާރު ވަނީ އުފާފާޅު ކުރަން ފަށާފައެވެ. އުފާފާޅު ކުރަމުންދާ މީހުން ގެންދަނީ ބަޣާވާތް ކުރި ސިފައިންނަށް އެމީހުންގެ ތާއިދު އޮތްކަން ހާމަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން