ޕާކިސްތާނުގެ ކަރާޗީގައި އުމުރުން 25 އަހަރުގެ އަންހެނަކު ގޭތެރޭގައި ޖެހުނު މައްސަލައެއްގައި ބައްޕައާއި ދެބަސްވެ އަރައިރުން ވުމަށްފަހު އަމިއްލައަށް ބަޑި ޖަހައިގެން މަރުވެއްޖެއެވެ.
ގަލްފް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަމިއްލައަށް މަރުވި ޑރ. މާހާ ޝާހްއަކީ ޑޮކަޓަރެއްގެ އިތުރުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފޮލޯކުރާ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ސޯޝަލް މީޑިގައި ނުފޫޒު ގަދަ އަންހެނެއް ކަމަށެވެ. ކަރާޗީގައި މާހާ ޝާހު ދިރިއުޅެމުންދާ ގޭގައި އަންގާރަ ދުވަހުގެރޭ ހިނގި މިހާދިސާއަށްފަހު އޭނާ ވަނީ ޖިނާހް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އޭނާ މަރުވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ނޫހުގައި ބުނެފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިމައްސަލަ ޖެހުނު އިރު ޑރ. މާހާ ޝާހް ދިރިއުޅެމުންދަނީ މީގެ ދެހަފުތާއެއްހާ ދުވަސް ކުރިން އޭނާގެ ބައްޕަ ކުއްޔަށް ހިފި ގެއެއްގައެވެ. ޝާހް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ހޮސްޕިޓަލެއްގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާއިލާއިން ބުނެފައި ވަނީ އެމީހުންނަށް ފެނުނީ އޭނާ ގޭގެ ފުރަތަމަ ފަންގިފިލާގެ ފާޚާނާ ސަރަހައްދުގައި އަމިއްލައަށް މަރުވާން އަތުގައި އޮތް ފިސްތޯލައަކުން ބޮލަށް ބަޑި ޖަހައިގެން އުޅެނިކޮށެވެ. އެ ހާދިސާ ހިނގި ތަނުން ފިސްތޯލައަކާއި ހުސް ވަޒަން ކާޓްރިޖެއް ފެނިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އޭނާ ބޭނުންކުރީ ކާކަށް ހުއްދަ ދެވިފައިވާ ފިސްތޯލައެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނަނީ ޑރ. ޝާހް އަމިއްލައަށް ބޮލަށް ފިސްތޯލަ ޖަހައިގެން މަރުވީ ގޭތެރޭގައި ހިނގި އަރައި ރުމަކަށް ފަހުގައެވެ. ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ޑރ. މާހާ ޝާހް އަމިއްލައަށް މަރުވީ ބައްޕައާއި ދެމެދު ދެބަސްވެ އަރައިރުން ވުމަށްފަހުގައެވެ. މީގެއިތުރުން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މައިންބަފައިން ވަކިވުމުގެ ސަބަބުން އޭނާގެ ޑިޕްރެސަންގެ މައްސަލައެއް ވެސް ހުރެއެވެ.
ޑރ. މާހާ ޝާހްގެ ބޮލަށް ވަޒަން އަރާފައިވަނީ ފަހަތުން، ބޮލުގެ ފުށްކިބައަށް ކަމަށް ވާތީ އެއީ އަމިއްލައަށް ވެފައިވާ މަރެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތު ކޮށްފައިވެއެވެ. ނަމަވެސް އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޑރ. މާހާ ޝާހް މަރުވެފައިވަނީ އަމިއްލައަށް ބަޑިޖަހައިގެން ކަމަށެވެ. އާއިލާއިން މިހެން ބުނި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.
ޑރ. މާހާ ޝާހުގެ މަރާ ގުޅިގެން އޭނާގެ ފޭނުން ދަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ. ޑރ. މާހާ ޝާުއަކީ އަމިއްލަ ފެޝަން ބްލޮގެއްވެސް ހިންގާ ފެޝަނަށް ލޯބިކުރާ އިންސްޓަ ގްރާމުގައި ވެސް ވަރަށް މަޝްހޫރު ޒުވާނެކެވެ.

ކިޔުންތެރިންގެ ހިޔާލު