ރާއްޖެއާއި އިންޑިއާއި ދެމެދުގައި ކުރެވޭ ވައިގެ ދަތުރުތައް އިތުރުކޮށް ހަފްތާއަކު 3 ފްލައިޓު ބާއްވާ ގޮތަށް ތާވަލު ކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދެގައުމުގެ ބޯޑަރުތައް ބަންދު ކުރިފަހުން އިންޑިޔާ އާއި ދިވެހި ރާއްޖެއާ ދެމެދު ވައިގެ ދަތުރު ފަތުރު އަލުން ފަށާފައި ވަނީ ހުސްވި މަހުގައެވެ. ދަތުރުތައް އަލުން ފެށިނަމަވެސް ބާއްވަމުން އައީ ހަފުތާއަކު އެންމެ ފްލައިޓެކެވެ.

އެއަރއިންޑިޔާ އިން، އޮގަސްޓް މަހުން ފެށިގެން ދިވެހި ރާއްޖެ އާއި އިންޑިޔާގެ ތިރުވަނަންތަޕޫރަމް އާއި ދެމެދު ހަފްތާއަކު ފްލައިޓެއް އޮޕަރޭޓް ކުރަމުން ދެއެވެ. ނަމަވެސް އިންޑިޔާގެ އިންޑިގޯ ކުންފުނިން، ރާއްޖެއާއި އިންޑިޔާގެ ކޮޗިން އާއި ދެމެދު ހަފުތާއަކު 2 ފްލައިޓް އޮޕަރޭޓް ކުރުމަށް ނިންމާފައި ވުމާއެކު މިހާރު ދެގައުމުގެ ދެމެދުގައި ހަފްތާއަކު 3 ފްލައިޓް ދަތުރު ކުރާނެއެވެ.

އިންޑިއާއަކީ މިފަހަކަށް އައިސް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއްގައުމު ކަމަށްވާއިރު މީގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށް ވެގެން ގޮސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެންދާނެއެވެ.

ދެގައުމުގެ ދެމެދުގައި ބާއްވާ ފްލައިޓްތައް އިތުރުވުމުން ބޭސް ފަރުވާއަށް އިންޑިއާއަށް ދަތުރު ކުރާ މީހުންނަށް ވެސް އިތުރު ލުއި ތަކެއްލިބި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އިންޑިގޯއިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން