އއ. ބޮޑުފުޅަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ބޮޑުފުޅަދޫގެ ދޯނި އެހެލާ ބަނދަރު ސަރަހައްދަށް ގެންގޮސްގެން ދެމީހަކު ވެގެން އޭނާ އާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގައި ވީޑިއޯ ކޮށްފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 23 އަހަރުގެ ދިވެހި ފިިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން