މިސްރުގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން އެޑްމިޓް ކޮށްފައިވާ މީހަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ތުހުމަތުގައި 35 އަހަރުގެ ފިރިހެން ނަރުހަކު ހައްޔަރު ކޮށްފިއެވެ.

ގަލްފް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 23 އަހަރުގެ އަންހެން މީހާއަށް އެކި ގޮތް ގޮތަށް ޖިންސީ ފުރައްސާރަކޮށް ޖިންސީ ގޯނާ ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އަދި މިބަލި މީހާ އަކީ ކޮވިޑް އަށް ޕޮޒިޓިވްވެ އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލް ގައި ކަރަންޓީނު ކުރެވިފައިވާ މީހެއް ކަމަށްވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ބަލިވެގެން ހޮސްޕިޓަލަށް ދިއުމުން ކަރަންޓީނުކޮށްފައި އޮއްވައި ފިރިހެން ނަރުސް އޭނާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް އަންހެން މީހާ އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ. މިމައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން ވަނީ ހޮސްޕިޓަލުގައި ހުރި ސީސީޓީވީ ކެމެރާތައް ބަލައި، ނަރުހާއިއެކީ މަސައްކަތް ކުރާ އެކި މުވައްޒަފުންނާ ވާހަކަ ދައްކައި އިތުރު ތަހުގީގުތައް ކުރުމަށް ތުހުމަތު ކުރެވޭ ނަރުސް ހައްޔަރުކޮށްފައެވެ.

މިފަހަކަށް އައިސް މިސްރުގެ ކަމާބެހޭ އިދާރާ ތަކުން ވަނީ ޖިންސީ ފުރައްސާރަޔާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަ ކޮށްފައެވެ. މިގޮތުން މީގެ ހަތަރު އަހަރު ކުރީގެ ގޭންގް ރޭޕްގެ މައްސަލަ އަކާއި، އުމުރުން ހަގު ކުދިން ތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތަހުގީގުތަކެއް މިހާރުވެސް ދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން