ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެ ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫ ތަކުލީފްތައް އުފުލަންޖެހިފައިވާއިރު އެމްއެމްއޭގެ ގަވަރުނަރު ވީތަނެއް ހޯދަންޖެހިފައިވާ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިހެން ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމާ ހުރެ، މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ކޮންމެ މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތައް ބޮޑުތަނުން ދަށްކުރުމަށް ނިއްމުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވަމުންނެވެ.

އެކަމާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައްޔިތުންނަށް މިހާލަތު ކުރިމަތިނުވާނެ ކަން ގަވަރުނަރު ޔަގީންކޮށްދެއްވާފައިވާ ކަމަށެވެ. ރާއްޖެ އަށް ޑޮލަރު ލިބުން ދަތިވެ އެކަމުގެ ދަތި އުނދަގޫ ތަހައްމަލު ކުރަންޖެހޭނެ ވާހަކަ މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ދައްކަމުން އައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މި ނާގާބިލް ސަރުކާރުން ރައްޔިތުންނަށް މިފަދަ ތަކުލީފެއް ޖައްސާފައި ރައީސް ސޯލިހާއި ގަވަރުނަރު ވީތަނެއް ބަލަން އެބަޖެހޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވަނީ އޮންލައިން މުޢާމަލާތްތަކަށް ކާޑުން ކޮންމެ މަހަކު ކެނޑޭނެ މިންވަރު 250 ޑޮލަރަށް މަދުކުރުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑައިލުން ކަމަށެވެ. ހަމައެހެންމެ އޮންލައިން މުޢާމަލާތްތަކަށް ކާޑަކުން މަހެއްގެ މައްޗަށް ކެނޑޭ މިންވަރު 250 ޑޮލަރަށް މަދުކުރުމަކީ އާމްދަނީ ލިބުން ހުއްޓިފައިވާ މިފަދަ ދަނޑިވަޅެއްގައި ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ރޯގާބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަން ހުއްޓި ރާއްޖެއަށް ބޭރުފައިސާ ވަންނަ އެންމެ ބޮޑު ދޮރު ބަންދުވުމާއެކު ޑޮލަރުގެ ތާށިކަން އަންނާނެ ކަމަށް ވާހަކަ ދައްކަން ފެށުމުން މާލީ ވަޒީރު އިބްރާހީމް އަމީރާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަލީ ހާޝިމް ވަނީ ޑޮލަރުގެ ތާށިކަމެއް ކުރިމަތިވެ އެފަދަ ދަތިކަމެއް މެދުވެރިނުވާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދެއްވައި ރައްޔިތުންނަށް އޮޅުވައި ލައްވައި ފާޅުފައި އިތުރުފުޅު ހައްދަވައިފައެވެ.

މިދަތި އުނދަގޫ ދަނޑިވަޅުގައި އެކިއެކި ޒަރޫރީ ބޭނުން ތަކުގައި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ފަރާތްތަކުން ދަނީ ބީއެމްއެލްގެ މިނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފަޑުކިޔަމުންނެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ކާޑަކުން ބޭނުންކުރެވޭނީ 750 ޑޮލަރު ކަމަށާއި، ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތްކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރު ކަމަށެވެ.

އެ ބަދަލު ގެންނަން މަޖުބޫރުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރު މަދުވުމުގެ މައްސަލަ ހައްލު ކުރުމަށާއި ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު މަދުކުރުމަށް ޓަކައި ކަމަށް ބީއެމްއެލުން ބުނެ އެވެ. ބީއެމްއެލުން ބުނީ ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ ކަމަށެވެ. މި ގޮތުން ޑޮލަރު އެކައުންޓަކުން ދުވާލަކަށް 3000 ޑޮލަރުގެ މުއާމަލާތްކުރެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން