އިންޑިޔާގެ ފިލްމީ ތަރި ރިއާ ޗަކްރަބޮތީ
އިންޑިޔާގެ ފިލްމީ ތަރި ރިއާ ޗަކްރަބޮތީ
ސުޝާންތުގެ ކުއްލި މަރާއި ގުޅިގެން ހިންގަމުންދާ ތަހުގީގުތަކުން ފެންމަތިވި މަސްތުވާ ތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އިންޑިޔާގެ ފިލްމީ ތަރި ރިއާ ޗަކްރަބޮތީ 28 ދުވަހަށްފަހު ޖަލުން ދޫކޮށްލައިފިއެވެ.

ރިއާ ޖަލުން ދޫކޮށްލުމަށް އިންޑިޔާގެ ހައި ކޯޓުން ކުރި ހުކުމުގައި ވާގޮތުން، 10 ދުވަސް ވަންދެން ރިޔާ، އިންޑިޔާގެ މުމްބާއީގެ ޕޮލިހަށް ހާޒިރުކުރެވޭނެ ކަމަށާއި، 6 މަސް ދުވަސް ވަންދެން ކޮންމެ މަހަކު އެއްފަހަރު، މަސްތުވާ ތަކެތީގެ މައްސަލަ ތަހުގީގު ކުރަމުންދާ އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ރިޔާ ހާޒިރުވާން ޖެހޭނެކަމާއި، ޖަލުން ދޫކޮށްލުމަށް ބެއިލް ފީއެއްގެ ގޮތުގައި 1 ލައްކަ ރުޕީސް ދެއްކުމަށްވެސް އިންޑިޔާގެ ހައި ކޯޓުން ކުރި ހުކުމުގައި ވެއެވެ.

ޖަލުން ދޫކޮށްލި ކަމުގައިވިނަމަވެސް، މުމްބާއީ އިން ބޭރަށް ދިއުމަށް އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އަދި އެންޑީޕީއެސް ކޯޓުގެ ހުއްދަ ހޯދަން ޖެހޭނެކަމަށްވެސް އިންޑިޔާގެ ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިމައްސަލައިގެ ހައިކޯޓުގެ އަޑުއެހުމުގައި، ރިޔާ ޖަލުގައި ބެހެއްޓުމަށް ދައުލަތުގެ ވަކީލުން އެދިފައި ވީނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ އެހެން ފިލްމީތަރިންނަށް ބިރުދެއްކުމުގެ ގޮތުންނޭ ބުނެ ރިއާ ހައްޔަރުކޮށް ޖަލުގައި ނުބޭންދޭނެ ކަމަށް ވެސް މައްސަލަ ބެލި ގާޒީ ސަރަންގ ކޮޓްވާލް ބުނެފައިވެއެވެ.

މަސްތުވާ ތަކެތީގެ މައްސަލައިގައި ރިޔާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުމާއި، ވިޔަފާރިކުރުން ހިމެނެއެވެ. އިންޑިޔާގެ އަންހެނުންގެ ޖަލުގައި ހައްޔަރުކޮށްފައި ހުރި ފިލްމީ ތަރި ރިއާ ޗަކްރަބޮތީ ދޫކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން