ބްރިޓިޝް އެއަރވޭސްގެ މަތިންދާބޯޓެއް
ބްރިޓިޝް އެއަރވޭސްގެ މަތިންދާބޯޓެއް
ބްރިޓިޝް އެއަރވޭސްއިން މިމަހުގެ 17 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖައްސައިފިއެވެ.

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ބްރިޓިޝް އެއަރވޭސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށާއިރު ހަފްތާގެ 3 ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނެއެވެ. ލަންޑަންއިން ރާއްޖެއަށް ދަތުރުތައް ކުރާނީ އާދިއްތަ، ބުދަ، އަދި ހުކުރު ދުވަހުއެވެ. ރާއްޖެއިން ލަންޑަނަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. ކޯވިޑް19 އާއި ގުޅިގެން އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު މިއީ ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ބައެއް މަންޒިލްތަކަށްވެސް އެ އެއަރލައިނުން ކުރަމުން ދިޔަ ދަތުރުތައް މިމަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖައްސާފައެވެ.

ބްރިޓިޝް އެއަރވޭސްއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ އެއަރލައިނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން