އަހުމަދު ޔާމިން   14 އޮކްޓޯބަރު 2020 - 13:34
އައިޕޯން 12
އައިޕޯން 12
އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފޯނު ކަމަށްވާ އައިފޯން-12 ތަޢާރަފް ކޮށްފިއެވެ.

ރޭ ބޭއްވި އެޕަލް އިވެންޓްގައި ދައްކާލި މިފޯނަކީ އެޕަލްގެ ފުރަތަމަ އަލްޓްރާ ފާސްޓް ވަޔަރލެސް ނެޓްވޯކް، 5ޖީ ފޯނެވެ. އެ ކުންފުނިން ރޭ ވަނީ އައިޕޯން-12 ގެ 4 މޮޑެލް އެއް ދައްކާލާފަ އެވެ. އެއީ އައިފޯން-12 އާއި އައިފޯން-12 މިނީ އަދި އައިފޯން-12 ޕްރޯއާއި އައިފޯން-12 ޕްރޯ މެކްސް އެވެ.

އައިފޯން-12 އަކީ އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން-11 އާއި އަޅާބަލާއިރު 11 އިންސައްތަ ތުނި، 15 އިންސައްތަ ކުޑަ އަދި 16 އިންސައްތަ ލުއި ފޯނެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެޕަލް އިން ބުނީ އައިފޯން-12ގެ ސްކްރީން ފަސޭހައިން ތަޅައިގެން ނުދާނެ ކަމަށެެވެ. ފަސޭހައިން ސްކްރީން ތަޅައިގެން ދިއުމަކީ މީގެކުރިން އައިފޯނަށް ލޯބިކުރާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބަޮޑުވުމެވެ. މީގެ އިތުރުން އެކުންފުނިން ބުނެފައިވަނީ މިފަހަރުގެ ފޯނުތަކުގައި ކުރިން ނެރުނު ފޯނުތަކަށްވުރެއް ގިނަ ޕިކްސަލް ހިމަނާފައިވާނެ ކަމަށާއި، އައިފޯން 12 ގެ ހުރިހާ މޮޑަލެއްގައިވެސް ބޭނުން ކޮށްފައިވާނީ، ސުޕާރ ރެޓިނަ ޑިސްޕްލޭ ކަމަށެވެ. އައިފޯން-12 ގައި ހިމެނޭ އެންމެ ހާއްސަ އެއް ސިފައަކީ ވަޔަރލެސްކޮށް ޗާޖް ކުރެވުމެވެ.

އައިފޯން-12 ވިއްކުމަށް އެޕަލް ކުންފުނިން ކަނޑައަޅައިފައިވާ އަގަކީ 799 ޑޮލަރެވެ. އަދި އައިފޯން-12 މިނީ ވިއްކުމަށް ކަނޑައަޅައިފައިވާ އަގަކީ 699 ޑޮލަރެވެ. މީގެ އިތުރުން އައިފޯން-12 ޕްރޯގެ އަގަކީ 999 އެމެރިކާ ޑޮލަރެވެ. މިރޭ ދައްކާލި ފޯނު ތަކުގެ ތެރެއިން އެންމެ އަގުބޮޑު ފޯނު އައިފޯން-12 ޕްރޯ މެކްސް ވިއްކާނީ 1099 އެމެރިކާ ޑޮލަރަށެވެ.

ހުދު، ކަޅު، ނޫ، ރަތް އަދި ފެހި ކުލައިގެ މި ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ އެކުންފުނިން ހުޅުވައިލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން