މާލޭގައި "ވީކްއެންޑް މާކެޓެއް" ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އާއިލާތަކަށް ފަސޭހައިން އާމްދަނީ ލިބޭނެ މަގެއް ފަހިކޮށްދިނުމަށް މާލޭގައި "ވީކެންޑް މާކެޓް"ގެ ނަމުގައި ވިޔަފާރި މާކެޓެއް ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ. އަދި އެކަމާއި ގުޅޭ ތައްޔާރިތައް ސިޓީ ކައުންސިލުން މިހާރު ފަށާފައިވާކަމަށް ސިފާ ވިދާޅުވިއެވެ. ސިފާ ވިދާޅުވީ މާކެޓް ބޭއްވުމަށް އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ބިމެއް ކަނޑައަޅައި، ބިން ތައްޔާރުކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ފަށާފައިވާކަމަށެވެ.
"މިއީ މި ޙާލަތުން އަރައިގަތުމަށް މާލޭގެ އާއިލާތަކަށް އެހީވުމަށް ފަށާ މަސައްކަތެއް. އެޗްޕީއޭއާއިއެކުވެސް މަޝްވަރާކުރަމުންދަނީ މިކަން ކުރިއަށްގެންދެވޭނީ ކިހިނެއްތޯ ބެލުމަށް. އަދި ކައުންސިލުން މިހާރު މިދަނީމިކަމާއި ގުޅޭ މިންގަނޑެއް އެކުލަވާލަމުން. އާއްމުންގެ ޚިޔާލުވެސް މިކަމަށް ހޯދާނަން." ސިފާ މުޙައްމަދު ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މި ވީކްއެންޑްމާކެޓް ޚާއްސަކުރަނީ އަންހެނުންނާއި ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުދި ވިޔަފާރިކުރާ ވިޔަފާރިވެރިންނަށްކަމަށެވެ.
ސިފާ ވިދާޅުވީ މާލޭގެ އިތުރުން ވިލިމާލޭގައިވެސް ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތު ވިލިނގިލީގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދަތިކަމަކީ ބައެއް ކަހަލަ ކުދި ވިޔަފާރިތައް ކުރާނެ ޖާގަ ނެތުންކަން ސިފާ ފާހަގަކުރެއްވިއެވެ. އެގޮތުން ވެލްޑިންކުރުމާއި ރޭނުމާއި ގުޅުންހުރި ކުދި ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތައް ހޯދަމުންދާކަމަށް ސިފާ ވިދާޅުވިއެވެ. އަދި ވިލިމާލޭގައި ގަސް ހައްދާ އެކަމުން ވިޔަފާރި ކުރާ މިހުންނަށްވެސް ވިލިމާލެއިން ޚާއްސަ ސަރަޙައްދެއް ކަނޑައަޅާފައިވާކަމަށާއި، އެ ސަރަޙައްދުވެސް ބޭނުންކުރަން ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ސިފާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު